މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ހެލްތް ގެ ފަރާތުން ބާއްވާ "ދިވެހިބޭސް އަދި އޯލްޓަނޭޓިވް މެޑިސިން ކުރިއެރުވުމާއި ބެހޭ މަހާސިންތާ" އާއި ގުޅޭ:

އިޢުލާން

 

މިނިސްޓްރީ އޮފް ހެލްތް ގެ ފަރާތުން ބާއްވާ "ދިވެހިބޭސް އަދި އޯލްޓަނޭޓިވް މެޑިސިން ކުރިއެރުވުމާއި ބެހޭ މަހާސިންތާ" އާއި ގުޅޭ:

 

ދިވެހިރާއްޖޭގައި ދިވެހިބޭސް އަދި އޯލްޓަނޭޓިވް މެޑިސިން ދިރުވާއާލާކުރުމުގެ މަގުސަދުގައި ބާއްވާ މި މަހާސިންތާގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް މި ފުރުސަތު ވަނީ އާންމުކޮށް ހުޅުވާލެވިފައެވެ.

ވީމާ މި މިކަމަށް ޝައުގުވެރިވާ ބޭފުޅުން 16 ޑިސެމްބަރ 2018ގެ 14:00ގެ ކުރިން މި މިނިސްޓްރީގެ 3014322, 3014316 ނަންބަރ ފޯންއަށް ގުޅުއްވާ ރަޖިސްޓްރީ ކުރެއްވުން އެދި ދެންނެވީމެވެ. މި މަހާސިންތާ ބާއްވާނެ ތާރީހް އަދި އިތުރު މައުލޫމާތު ރަޖިސްޓްރީ ކުރާ ފަރާތްތަކަށް ހިއްސާކުރައްވާނެ ވާހަކަ ދެންނެވީމެވެ.  

 

             28 ރަބީއުލްއައްވަލް 1440

06 ޑިސެންބަރު 2018
ހޯދާ