ދިވެހިސަރުކާރުގެ ގެޒެޓަކީ، ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރައްވާ ޤާނޫނުތަކާއި، ސަރުކާރުގެ އޮފީސްތަކުން ނެރުއްވާ އިޢުލާންތަކާއި ދެންނެވުންތަކާއި ނޫސްބަޔާންތައް އެއްނޫހަކުން ފެންނަށް އޮތުމުން ޢާންމުންނަށް ފަސޭހަވާނެވާނެތީ، އެ މަގުސަދުގައި ނެރެވޭ ނޫހެކެވެ.


ގެޒެޓުގައި ޝާއިޢުކުރުމަށް ހަމަޖެހިފައިވަނީ، ޤާނޫނުތަކާއި، ގަވާއިދުތަކާއި، ސަރުކާރުގެ އޮފީސްތަކުން ނެރުއްވާ އިޢުލާންތަކާއި، ދެންނެވުންތަކާއި، ނޫސްބަޔާންފަދަ ލިޔުންތަކެވެ.


ޤާނޫނީގޮތުން ގެޒެޓުކުރެވޭ ލިޔުންތައް ގެޒެޓްކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ. އާންމު އިޢުލާންތަކުގެ ތެރޭގައި ހިމެނޭ ލިޔުންތައް، 2017 ޖަނަވަރީ 15 ވަނަ ދުވަހުން ފެށިގެން ގެޒުޓުގައި ޝާއިޢުކޮށްފައިވަނީ އެ ލިޔުމެއް ލިޔުއްވި އިދާރާއަކުންނެވެ.


ގުޅުއްވުމަށް

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ބޮޑުތަކުރުފާނުމަގު
މާލެ، ދިވެހިރާއްޖެ


ފޯން: 3323701
ފެކްސް: 3325500
އީމެއިލް: gazette@po.gov.mv