މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

            އަންދާސީ ހިސާބު ބޭނުންވެއްޖެ:

މިރަށުގެ ލޭންޑް ޔޫސް ޕްލޭން ހެދުމަށް އެދި ކުރި އިޢުލާން ނަންބަރ (IUL)322-EP/322/2019/31 (28 ފެބްރުއަރީ 2019) ގައި މައްސަލައެއް އުޅޭތީ  އެޢިއުލާނު ބާޠިލުކޮށް އަލުން އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނު ކުރީމެވެ.

ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2019 އޭޕްރިލް 10 ވަނަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މިގަޑީގައި އަންދާސީ ހިސާބުތައް ކަޑައި މަޢުލޫމަތު އެންޓަރ ކޮށް އަގު ޝީޓުގައި ސޮއި ކުރުން އޮށްނާނެއެވެ. އަދި ގަޑި ޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.

ލޭންޑް ޔޫސް ޕްލޭން ހެދުމާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް 04 އޭޕްރިލް 2019 އިން 09 އޭޕްރިލް 2019 ވަނަ ދުވަހުގެ 12:00 އާ ހަމައަށް ރަސްމީ ކޮންމެ ދުވަހެއްގެ ހެދުނު 10:00 ން މެންދުރު ފަހު 12:00 އާދޭތެރޭ މިއިދާރާގެ ކައުންސިލްގެ ރައީސް، ނަންބަރު 9927991 ފޯނާއި ގުޅުއްވުމުން މައުލޫމާތު ސާފުކޮށްދޭނެ ކަމުގައި ދަންނަވަމެވެ.

އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެކަން ބަޔާން ކުރައްވާ ސިޓީ ހުށަހަޅުއްވަންވާނެއެވެ. އަދި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަނޭޅުއްވޭނެ ކަމުގައި ދެންނެވީމެވެ.

01 އޭޕްރިލް 2019
ހޯދާ