މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
އެސެޓް މެނޭޖްމަންޓް ކޮންސަލްޓަންޓް (ލޯކަލް)

ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

އެސެޓް މެނޭޖްމަންޓް ކޮންސަލްޓަންޓް (ލޯކަލް) 

މިނިސްޓްރީ އޮފް ފިނޭންސް އިން ކުރިއަށް ގެންދާ ދަޢުލަތުގެ މާލީނިޒާމު ބެލެހެއްޓުން ހަރުދަނާ ކުރުމުގެ މަޝްރޫޢުއަށް އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައި.ޑީ.އޭ) އިން ވަނީ ހިލޭ އެހީއެއް ލިބިފައެވެ. އަދި މިމަޝްރޫޢުގެ ދަށުން އެސެޓް މެނޭޖްމަންޓް ކޮންސަލްޓަންޓް (ލޯކަލް)ގެމަސައްކަތްކޮއްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

 

އެސެޓް މެނޭޖްމަންޓް ކޮންސަލްޓެންޓްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި މިނިސްޓްރީ އޮފް ފައިނޭންސްގެ އެސް.އޭ.ޕީ ސޮފްޓްވެއާރގައިވާ އެސެޓް މެނޭޖްމަންޓް މޮޑިއުލް ބަލަހައްޓާ އަދި އިމްޕްލިމެންޓް ކުރުމަށް އެހީތެރިވެދިނުން ހިމެނެވެ.

 

އެސެޓް މެނޭޖްމަންޓް ކޮންސަލްޓެންޓްގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ ކިބައިގައި ހުންނަންވާ ޝަރުޠުތަކުގެ ތެރޭގައި:

  • އެސޯސިއޭޝަން އޮފް ޗާޓާރޑް ސާރޓިފައިޑް އެކައުންޓެންޓްސް (އޭ.ސީ.ސީ.އޭ)،  ޗާޓާރޑް އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓް އެކައުންޓެންޓްސް (ސީ.އައި.އެމް.އޭ)، ސާރޓިފައިޑް ޕަބްލިކް އެކައުންޓެންޓްސް (ސީ.ޕީ.އޭ) ނުވަތަ  އެކައުންޓްސް ނުވަތަ ފައިނޭންސްގެ ދާއިރާއިން މާސްޓާރސް ޑިގްރީއެއް ހާސިލްކޮށްފައިވުން
  • ޕަބްލިކް ސެކްޓަރގައި މަދުވެގެން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން
  • އެސެޓް މެނޭޖްމަންޓަށް އަހުލުވެރިވެފައުވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

 

މި މަސައްކަތުގެ މުއްދަތަކީ 1 އަހަރު ދުވަހެވެ. އަދި ކޮންޓްރެކްޓްގައި ސޮއި ކުރުމަށްފަހު، ފުރަތަމް 3 މަސްދުވަސް ބެލެވޭނީ ޕްރޮބޭޝަނަރީ ޕީރިއަޑެއްގެ ގޮތުގައެވެ.

 

މަތީގައި ދެންނެވިފައިވާ މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ފިނޭންސްގެ ފަރާތުން ހުޅުވާލަމެވެ. މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މިމަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތު ކޮށްދިނުމުގެ ގޮތުން؛ ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ މަޢުލޫމާތު، މިފަދަ މާހައުލުތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ތަޢުލީމީ ފެންވަރާއި ހުނަރު އަދި އެހެނިހެން މަޢުލޫމާތު ހިމެނޭ ވަނަވަރު ހުށަހަޅަން ވާނެއެވެ.

 

މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް) މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv  ގައި ޝާޢިއު ކުރެވިފައިވާނެއެވެ. އަދި މިމަސައްކަތާއި ބެހޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ ތިރީގައިވާ އެޑްރެހަށް ލިޔުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

 

މި މަސައްކަތަށް ފަރާތެއް ހޮވުމުގައި ޢަމަލުކުރާނީ، ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާއަށް ބެލެވިގެން، ވޯލްޑްބޭންކް ލޯނާއި އައި.ޑީ.އޭ ކްރެޑިޓް އަދި ހިލޭ އެހީގެ ދަށުން ހިންގޭ މަޝްރޫޢުތަކަށް ކޮންސަލްޓަންޓުން ހޯދުމަށް އެފަރާތުން ޖުލައި 2016ގައި ތައްޔާރުކޮށް ނޮވެމްބަރު  2017 އަދި އޮގަސްޓް 2018ގައި އިސްލާހުކުރެވިފައިވާ ގައިޑްލައިނާ އެއްގޮތަށެވެ.

 

ވީމާ މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 4 އެޕްރީލް 2019 ބުރާސްފަތިދުވަހު 13:00ގެ ކުރިން، "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" މެއިލް ނުވަތަ އީމެއިލް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.

 

    އަބްދުﷲ ޙަސަން

    ޕްރޮޖެކްޓް ޑިރެކްޓަރ

    ޕަބްލިކް ފައިނޭންސް މެނޭޖްމެންޓް ސިސްޓަމްސް ސްޓްރެންތަނިންގ ޕްރޮޖެކްޓް

    މިނިސްޓްރީ އޮފް ފިނޭންސް

    މާލެ،  ދިވެހިރާއްޖެ.

    ޓެލެފޯން:3349106 ،3349102

    ފެކްސް:3320706 ،3324432

    އީމެއިލް އެޑްރެސް: [email protected]

           [email protected]

           [email protected]

26 މާރިޗު 2019
ހޯދާ