މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ރ.އިނގުރައިދޫ ސިއްހީމަރުކަޒުގެ ޕެސްޓް ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

 

          ރ.އިނގުރައިދޫ ސިއްހީމަރުކަޒުގެ ޕެސްޓް ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަމްބަރ: (IUL)23-AP/23/2019/65  މާރިޗު 03 2019) އިއުލާނާއި ގުޅިގެން ވާދަކުރާނެ ތިން ފަރާތެއް ނެތުމުން އެ އިއުލާން ބާތިލްކޮށް އަލުން ފުރުސަތު ހުޅުވާލަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 26 މާރިޗު 2019 ވާ އަންގާރަ ދުވަހުގެ ހެނދުނު 09:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ނުވަތަ ރ.އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ނުވަތަ ރ.އިނގުރައިދޫ ސިއްހީ މަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 02 އޭޕްރިލް 2019 ވާ އަންގާރަ ދުވަހު ހެނދުނު 09:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށްް ނުވަތަ ރ.އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ނުވަތަ ރ.އިނގުރައިދޫ ސިއްހީ މަރުކަޒަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީ ހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

 

13 ރަޖަބު 1440

20 މާރިޗު 2019
ހޯދާ