މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް
ދިވެހިރާއްޖެ
ނޯމަލައިޒޭޝަން ކޮމެޓީގެ މުއްދަތު އިތުރުކުރުން

                                               އިޢުލާން

 

        ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނޯމަލައިޒޭޝަން ކޮމެޓީގެ ނުނިމި ހުރި މަސައްކަތްތައް ނިންމުމަށް 31 މާރިޗު 2019 ވަނަ ދުވަހުގެ ނިޔަލަށް އެ ކޮމެޓީގެ މުއްދަތު އެކްޓިންގ ކޮމިޝަނަރ އޮފް ސްޕޯޓްސް ވަނީ އިތުރުކުރައްވާފައެވެ. 

         ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

 

                                                                13 ރަޖަބު 1440

20 މާރިޗު 2019
ހޯދާ