އަރިއަތޮޅު އުތުރުބުރީ އުކުޅަހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އިދާރާއަށް ބޭނުންވާ ކެޕިޓަލް ތަކެތި ގަނެދޭނެ ފަރާތެއް ހޯދުން

ނަންބަރު: (IUL)341/341/2019/17

ތާރީޙް: 11 މާރިޗް 2019

މުއްދަތު ހަމަވާ ތާރީޙް: 17 މާރިޗް 2019

މި އިދާރާއަށް ބޭނުންވާ ބައެއް ކެޕިޓަލް ތަކެތި ގަނެދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.      

ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 17 މާރިޗް 2019 ވާ އާދީއްތަ ވަނަ ދުވަހުގެ 11:00  އަށް އުކުޅަހު ކައުންސިލް އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 21 މާރިޗް 2019 ވާ ބުރާސްފަތި ދުވަހު11:00 އަށް ކައުންސިލް އިދާރާއަށް ވަޑައިގެން ބިޑު ހުށަހެޅުއްވުން އެދެމެވެ.

ބިޑް ހުށަހަޅުއްވަން ވާނީ، މި އިދާރާއިން ތަޔާރުކޮށްފައިވާ ބިޑް ހުށަހަޅުއްވާ ފޯމުންނެވެ. މި ދެންނެވި ފޯމް މަޢުލޫމާތު ސާފުކުރެއްވުމަށް ހަމަޖެހިފައިވާ ދުވަހު މަޢުލޫމާތު ސާފު ކުރެއްވުމަށް ޙާޟިރުވާ ފަރާތްތަކާއި ހަވާލުކުރެވޭނެއެވެ. އަދި ބިޑް ތައްޔާރު ކުރަންވާނީ ބިޑްތައްޔާރުކުރުމަށް ދެވޭ މަޢުލޫމާތާއި އެއްގޮތަށެވެ. 

ބިޑް ކެނޑުން އިސްވެ ދެންނެވުނު ގަޑީގައި މި އިދާރާގައި އޮންނާނެއެވެ. އަދި ބިޑް ކެނޑުމުގެ ބައްދަލުވުމަށް ޙާޟިރުވެ ވަޑައިނުގެންނެވޭނަމަ ސިޓީއަކާއެކު ބަދަލުގައި އެހެން ބޭފުޅަކު  ފޮނުވިދާނެއެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ޙާޟިރުވެ ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ ބިޑް ބަލައެއް ނުގަނެވޭނެއެވެ.

ވީމާ،މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

11 މާރިޗު 2019
ހޯދާ