ހއ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ރެޖިސްޓަރޑް ނާރސް ( ހއ އުލިގަމް ޞިއްޙީމަރުކަޒު )

ހއ.އުލިގަމް ޞިއްޙީމަރުކަޒަށް ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ހޯދުމަށް ބޭނުންވެއެވެ. މި ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަންހުރި މަސައްކަތަށް ޤާބިލު މީހެކެވެ.

މަޤާމު

ރެޖިސްޓަރޑް ނާރސް

މަޤާމުގެ ނަންބަރު

J-297937

ބޭނުންވާ އަދަދު

01

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

ސީ.އެސް 8-1

މުސާރަ

9060.00 ރުފިޔާ

މަޤާމުގެ ރޭންކް

ސީ.އެސް 8-2

މުސާރަ

9210.00 ރުފިޔާ

މަޤާމުގެ ރޭންކް

ސީ.އެސް 8-3

މުސާރަ

9360.00 ރުފިޔާ

މަޤާމުގެ ކުލެސިފިކޭޝަން

ނާރސިންގ ޕްރޮފެޝަނަލްސް

ވަޒީފާ އަދާކުރަން ޖެހޭ ތަން

ހއ އުލިގަމް ޞިއްޙީމަރުކަޒު

ސަރވިސް އެލަވަންސް

-/120 ރުފިޔާ ( މަސައްކަތައް ނުކުންނަވާ ކޮންމެ ދުވަހަކަށް )

އެހެނިހެން އެލަވަންސް

ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އަދި ބަންދު ދުވަހުގެ ފައިސާ ލިބޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. ޑޮކްޓަރުންގެ އޯޑަރަށް ހޮސްޕިޓަލަށް އަންނަ ބަލިމީހުންނަށް ނާރސިން ކެއަރ ދިނުން
  2. އާސަންދައިގެ ދަށުން ރެފަރ ކުރެވޭ ބަލިމީހުންގެ ރެފަރަލް ކަންތައްތަކުގައި ނަރުހުންގެ ފަރާތުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުން
  3. ނަރުހުންގެ އިންޗާރޖުގެ ޒިންމާ ނަންގަވައިގެން މަސައްކަތްކުރަން ޖެހިއްޖެނަމަ އެ ޒިންމާ ނެގުން
  4. ޚިދުމަތް ދެމުންދާއިރު ނާރސަސް ސެކްޝަނަށް އިދާރީ ގޮތުން ދިމާވާ ދަތިތައް ބަލައި އެކަންކަން ހައްލުކުރުމަށްޓަކައި ވެރިންގެ ސަމާލުކަމަށް ގެނައުން
  5. ކޮންމެ ޑިއުޓީއެއް ފެށޭއިރު އިންވެންޓްރީ ނަގަންޖެހޭ ތަކެތީގެ އިންވެންޓްރީ ނަގައި މަދުވާތަކެތި އިންވެންޓްރީއަށް ހަމަކުރުން
  6. މަރުކަޒުން ރާވާ ގޮތެއްގެ މަތީން އެނދުމަތި ކުރެވިފައިވާ ބަލިމީހުންގެ ކައިރިޔަ ޒިޔާރާތްކުރުމާއި ޑޮކްޓަރުގެ ލަފާގެމަތީން ދޭންޖެހޭ ފަރުވާ ދިނުން
  7. މަރުކަޒުގައި ހިންގާ ކުލިނިކްތަކާއި އެހެނިހެން ޕްރޮގްރާމްތަކުގައި ޢަމަލީގޮތުން ބައިވެރިވުން
  8. ކުލިނިކަލް އޭރިޔާތަކުގެ އާއްމު ސާފްތާހިރުކަން ދެމެހެއްޓުމާއި ، ރަގަޅުކުރަންޖެހޭ ކަންތައްތައް މެނޭޖްމަންޓުގެ ސަމާލުކަމަށް ގެނައުން
  9. ކުލިނިކަލް އޭރިޔާގައި ބޭނުންކުރާ މެޝިނަރީޒް އެންޑް އިކްއިޕްމަންޓްސް ރައްކާތެރިކަމާއި އެކު ބޭނުންކުރެވޭނެ ގޮތްތައް ކަނޑައަޅައި އަބަދުވެސް އެތަކެތި ރަނިން ކޮންޑިޝަންގައި ބެހެއްޓުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމާއި އަދި ހަލާކުވާ ތަކެތި ވީހާވެސް އަވަހަށް މެނޭޖްމަންޓުގެ ސަމާލުކަމަށް ގެނައުން
  10. ނަރުހުންނާއި ގުޅޭ ވޯރކްޝޮޕް ސެމިނަރ ފަދަ ޕްރޮގްރާމްތަކުގައި ކަނޑައެޅޭ އުޞޫލުގެ މަތީން މަރުކަޒު ތަމްޞީލް ކުރުމާއި، އަދި އެފަދަ ބައްދަލުވުންތަކުން ދެވޭ މަޢުލޫމާތުތައް ޙިއްޞާ ކުރަންޖެހޭ ފަރާތްތަކާ ހިއްޞާކުރުން
  11. ޞިއްޙީމަރުކަޒުން ރެފަރކުރާ ބަލިމީހުންނާއި އެކު ދާންޖެހޭ ދަތުރުތަކުގައި ބައިވެރިވުމާއި ދަތުރުމަތީގައި ދޭންޖެހޭ ފަރުވާދިނުމާއި ރެފަރ ކުރާ ހޮސްޕިޓަލަކުން ބަލިމީހާއާއި ހަވާލްވަންދެން ނަގަންޖެހޭ އެންމެހައި ޒިންމާތަށް ނެގުން

މަޤާމުގެ ޝަރުތުތައް

( ސީ އެސް 8-1 ގެ ޝަރުތަކީ މޯލްޑިވްސް ނާރސިންގ އެންޑް މިޑްވައިފްރީ ކައުންސިލް ޤަބޫލުކުރާ ނާރސިންގ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާޞިލްކޮށްފައިވުން

( ސީ އެސް 8-2 ގެ ޝަރުތަކީ  ރެޖިސްޓާރޑް 8-1 ގެ ގްރޭޑްގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިގެން %85 އިންސަންތައިން މާކްސް ހޯދާފައިވުން.

( ސީ އެސް 8-3 ) ޝަރުތަކީ މޯލްޑިވްސް ނާރސިން މިޑްވައިފްރީ ކައުންސިލް ޤަބޫލުކުރާ ނާރސިންގ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާޞިލްކޮށްފައިވުން.

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ( މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި ހއ އުލިގަމް ޞިއްޙީމަރުކަޒުން ލިބެން ހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން
  5.  ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި ޤަބޫލުކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސް ކްރިޕްޓްގެ ކޮޕީ.، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީ.

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ،  އެ ސެޓުފިކެޓުގެ ކޮޕީ.

8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. 

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް  އަންގައިދޭ ރެފަރެންސް ޗެކް ފޯރމް.

9. މުއްދަތު ހަމަނުވާ ލައިސަންސް، އަދި ރެޖިސްޓްރޭޝަންގެ ކޮޕީ

ޕޮއިންޓް ދިނުމުގައި ބަލާނެ މައިގަނޑު ދާއިރާތައް

1. ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ތަޖުރިބާ އަށް ބަލައިގެން.

3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

 

 

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 24 މާރޗް 2019ވާ އާދީއްތަ ދުވަހުގެ 13.30ގެ ކުރިން ހއ.އުލިގަމް ޞިއްޙީމަރުކަޒަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected]   މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި

އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2019  އޭޕްރީލް މަހުގެ ތެރޭގައި ހއ.އުލިގަމް ޞިއްޙީމަރުކަޒުގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6500564 ނުވަތަ 6500053 ނަންބަރު ފޯނާއެވެ.

13 މާރިޗު 2019
ހޯދާ