މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
އިޢުލާން

                                                             ނަންބަރ: MTCC-PD/IU/2019/0032

 

އިޢުލާން

 

އެމްޓީސީސީގެ އައިޓީ އިންފުރާސްޓްރަކްޗަރއަށް ބޭނުންވާ ހާޑްވެއަރ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: (MTCC-PD/IU/2019/0014) (27 ޖަނަވަރީ 2019) އިއުލާނާއި ގުޅިގެން ހުށަހެޅިފައިވާ އަގުތައް ބޮޑުކަމަށް ފެންނާތީ އެ އިއުލާން ބާތިލްކޮށް، މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅާލުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކަކީ DELL, HP, NUTANIX, CISCO  ނުވަތަ SUPERMICRO  ގެ ރާއްޖޭގެ އޮތޮރައިޒްޑް ޕާރޓްނާރސްއަށް ވާންވާނެއެވެ. 

  • މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 10 މާރިޗް 2019 ވަނަ ދުވަހުގެ 11:00 އަށް، އެމްޓީސީސީ ޓަވަރުގެ 7 ވަނަ ފަންގިފިލާ ( ބޯޑް ރޫމް ) އަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުން އެދެމެވެ. 
  • އަންދާސީ ހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް އަދި ހާޒިރީގައި ރެޖިސްޓަރ ކުރައްވާ ކުންފުނީގެ ނަމުގައި އެކަނި ކަމުގައިވެސް  ދަންނަވަމެވެ.
  • މިމަސައްކަތާއި ގުޅޭ އެންމެހާ މައުލޫމާތު 06 މާރިޗް 2019އިން ފެށިގެން މިކުންފުނީގެ ވެބްސައިޓް www.mtcc.com.mvއިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
  • މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުން 14 މާރިޗް 2019 ވަނަ ދުވަހުގެ 11:00 އަށް، އެމްޓީސީސީ ޓަވަރުގެ 7 ވަނަ ފަންގިފިލާ ( ބޯޑް ރޫމް ) އަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުންއެދެމެވެ.  
  • އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ

ފޯން     :  3001234  3001131

އީ- މެއިލް : [email protected]

ކޮޕީ     : [email protected]

 

                                  29 ޖުމާދުލް އާޙިރު 1440

                                  06  މާރިޗް 2019  

06 މާރިޗު 2019
ހޯދާ