މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
Government of Brunei Darussalam Scholarship 2019/2020

ޤައުމު: ބުރުނާއީ

ޑިޕްލޮމާ

ބެޗްލަރސް ޑިގްރީ

މާސްޓަރސް ޑިގްރީ

ލެވެލް:

- ޔުނިވަރސިޓީ ބުރުނާއީ ދާރުއްސަލާމް (ޔޫ.ބީ.ޑީ)

- ޔުނިވަރސިޓީ އިސްލާމް ސުލްތާން ޝަރީފް އަލީ (ޔޫ.އެން.އައި.އެސް.އެސް.އޭ)

- ޔުނިވަރސިޓީ ޓެކްނޮލޮޖީ ބުރުނާއީ (ޔޫ.ޓީ.ބީ)

- ޕޮލިޓެކްނިކް ބުރުނާއީ (ޕީ.ބީ)

ޔުނިވަރސިޓީ:

މަތީގައި ދެންނެވިފައިވާ ޔުނިވަރސިޓީތަކުން ފުރުޞަތު ހުޅުވާލައްވާފައިވާ ކޯސްތައް

ކޯސް:

1. އެދިވަޑައިގަންނަވާ ކޯހާއި ގުޅޭގޮތުން އިޚްތިޔާރުކުރައްވާ ޔުނިވަރސިޓީގެ ވެބްސައިޓުގައި ބަޔާންކުރައްވާފައިވާ ޝަރުތުތައް ފުރިހަމަވުން

2. ޑިޕްލޮމާ އަދި ބެޗްލަރސް ޑިގްރީއަށް ހުށަހަޅުއްވޭނީ އުމުރުން 18 އަހަރާއި 25 އަހަރާއި ދެމެދުގެ ފަރާތްތަކަށެވެ.

3. މާސްޓަރސް ޑިގްރީއަށް ހުށަހަޅުއްވޭނީ އުމުރުން 35 އަހަރުން ދަށުގެ ފަރާތްތަކަށެވެ.

 

އެދިވަޑައިގަންނަވާ ކޯހަކާގުޅޭ ޝަރުތުތަކުގެ އިތުރުން ފުރިހަމަވާންޖެހޭ ޝަރުތުތައް:

1. ތަޢުލީމު ހާސިލުކުރެއްވުމަށް ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން އެހީ ލިބިވަޑައިގެންފައިވާނަމަ އެންމެ ފަހުގެ އެހީއަށްފަހު،  މި އިޢުލާނުގެ ސުންގަޑިއަށް، ތިރީގައިވާ މުއްދަތަށް ދިވެހިރާއްޖެއަށް ޚިދުމަތްކުރައްވާފައިވުން.

ހ. ފުލް ސްކޮލަރޝިޕެއްނަމަ މަދުވެގެން 2 އަހަރު

ށ. ޕާޝަލް ސްކޮލަރޝިޕެއްނަމަ މަދުވެގެން 1.5 އަހަރު

ނ. ލޯނު އެހީއެއްނަމަ މަދުވެގެން 1 އަހަރު

2. މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން ނުވަތަ މި މިނިސްޓްރީ މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަންގަވާފައިވާނަމަ އެ ލޯނެއް އަނބުރާ ދައްކަވައި  ޚަލާސްކުރައްވާފައިވުން.

3. އެދިވަޑައިގަންނަވާ ކޯހަކީ މިހާރު ފުރިހަމަކުރައްވާފައިވާ ކޯހަކަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވުން. އަދި އެދިވަޑައިގަންނަވާ ކޯހާއި އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ޚަރަދުގައި މިހާރު ފުރިހަމަ ކުރައްވަމުންދާ ދަރިވަރެއް ކަމުގައިވެސް ނުވުން.

ކޯހުގެ ޝަރުތު:

ފުރިހަމަކުރައްވާފައިވާ އެޕްލިކޭޝަން ފޯމާއެކު ހުށަހަޅުއްވަން ޖެހޭތަކެތި.

1. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

2. ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީ

3. އިނގިރޭސި ބަހަށް ތަރުޖަމާކޮށްފައިވާ އުފަންދުވަހުގެ ސެޓުފިކެޓުގެ ކޮޕީ

4. ޕޮލިސް ރިޕޯޓުގެ ކޮޕީ

5. ޕާސްޕޯޓް ޑޭޓާ ޕޭޖް ކޮޕީ

6. މެޑިކަލް ރިޕޯޓުގެ ކޮޕީ

7. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

8. ބުރުނާއީ ދާރުއްސަލާމުގެ ސްކޮލަރޝިޕް އެޕްލިކޭޝަން ފޯމު

9. ތަޢުލީމް ހާސިލުކުރައްވަން ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން އެހީ ލިބިވަޑައިގަތްނަމަ، އެންމެފަހުގެ އެހީއަށްފަހު، އެއެހީއަކާ ގުޅޭގޮތުން ޚިދުމަތް ކުރެއްވުމަށް މި އިޢުލާންގައި ބަޔާންކޮށްފައިވާ މުއްދަތަށް ޚިދުމަތް ކުރައްވާފައިވާކަން އަންގައިދޭ ރަސްމީ ލިޔުން.

10. މިހާރު ހާސިލު ކުރައްވާފައިވާ އެންމެ މަތީ ސެޓްފިކެޓް ހާސިލު ކުރެއްވިފަހުން ދިވެހިރާއްޖެއަށް ޚިދުމަތް ކޮށްފައިވާ މުއްދަތު އެނގޭނެ ރަސްމީ ލިޔުމެއް.

11. ޚިދުމަތްކުރުމަށް ބޮންޑެއް އޮތްނަމަ، ބޮންޑުކުރި ތަނަކުން އެ ބޭފުޅަކު މި ކޯހަށް ދޫކުރާނެކަމުގެ ލިޔުން.

12. ޔުނިވަރސިޓީގެ ވެބްސައިޓްގައި ކޯހާއި ގުޅޭގޮތުން އިތުރު ޝަރުތެއް ވާނަމަ އެޝަރުތު ހަމަވާކަން ސާބިތުކޮށްދިނުމަށްޓަކައި، އެއާއި ގުޅޭ ލިޔުން (އިނގިރޭސި ބަހުން)

ހުށަހަޅަންޖެހޭ ތަކެތި:

- މި ސްކޮލަރޝިޕްގެ ދަށުން ހުރިހާ ޚަރަދެއް ދެއްވުމަށް ހަމަޖެހިފައިވަނީ ސްކޮލަރޝިޕް ދެއްވާ ފަރާތުންނެވެ.

- މި ސްކޮލަރޝިޕްގެ ދަށުން ކޯސް ހަމަޖެހޭ ފަރާތްތަކުގެ ކިޔެވުން ފެށުމަށް ހަމަޖެހިފަވަނީ ޖުލައި/އޮގަސްޓް 2019 ގައެވެ.

- މި ސްކޮލަރޝިޕާއި ގުޅޭ އިތުރު މަޢުލޫމާތު  http://www.mfa.gov.bn/Pages/bdscholarship.aspx އިން ލިބިވަޑައިގަންނަވާނެއެވެ.

- މި ސްކޮލަރޝިޕަށް އެދި ހުށަހަޅުއްވާ ކެންޑިޑޭޓުންގެ ތެރެއިން ޝަރުތުހަމަވާ ކެންޑިޑޭޓުންގެ ފައިނަލް ސިލެކްޝަން ހަދާނީ ސްކޮލަރޝިޕް އިންތިޒާމު ކުރައްވާ ފަރާތުންނެވެ.

- ކޯހަށް އެދި ހުށަހަޅާ ދަރިވަރަކީ، އިޢުލާން ކުރެވިފައިވާ ކޯހާއި އެއްފެންވަރެއްގެ ނުވަތަ އެއަށްވުރެ މަތީ ފެންވަރެއްގެ ކޯހެއް މީގެކުރިން ފުރިހަމަކޮށްފައިވާ ދަރިވަރެއްކަމުގައި ވެގެން ނުވާނެއެވެ. އަދި އެއާއި އެއްފެންވަރެއްގެ ކޯހެއް މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރެއް ކަމުގައިވެސް ވެގެން ނުވާނެއެވެ.

- ހުށަހަޅުއްވާ ޓްރާންސްކްރިޕްޓްގެ ގްރޭޑިންގ ކުރައިޓީރިއާ މި މިނިސްޓްރީން ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ އުސޫލާ ތަފާތުނަމަ، އެތަނެއްގެ ގްރޭޑިންގ ކުރައިޓީރިއާ ހުށަހަޅުއްވަންވާނެއެވެ. ނޫންނަމަ، ޕޮއިންޓް ދޭނީ މި މިނިސްޓްރީން ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ އާންމު އުސޫލުންނެވެ.

- އެދިވަޑައިގަންނަވާ ކޯހުގެ ޝަރުތު ފުރިހަމަވުމަށް ބޭނުންވަނީ އެހެން ކޯހަކުން ކުރެޑިޓް ލިބިގެން ހޯއްދަވާފައިވާ ސަނަދެއްނަމަ، އެ ހުރިހާ ކޯހެއްގެ ޓްރާންސްކްރިޕްޓް ހުށަހަޅުއްވަންވާނެއެވެ.

- ހުށަހަޅުއްވާ މަތީ ތަޢުލީމުގެ އެއްވެސް ސެޓުފިކެޓަކީ (ޕްރޮވިޝަނަލް ކަމުގައި ވިޔަސް) ރާއްޖޭން ބޭރުގެ ސެޓްފިކެޓެއް ނަމަ، އޮންނަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވެލިޑޭޓްކުރައްވާފައެވެ.

- މި މިނިސްޓްރީން ކެންޑިޑޭޓުން ނޮމިނޭޓް ކުރި ނަމަވެސް ސްކޮލަރޝިޕް ދެއްވާ ފަރާތުން ސްކޮލަރޝިޕް ކެންސަލްކޮށްފިނަމަ އޭގެ ބަދަލުގައި އެހެން ފުރުޞަތެއް އެ ދަރިވަރަކަށް ހޯދައެއްނުދެވޭނެއެވެ.

- ކޯހަށް ހޮވޭ ފަރާތްތަކާއި މި މިނިސްޓްރީއާއިމެދު ވެވޭ އިގުރާރާއި އެއްގޮތަށް ދިވެހިރާއްޖެއަށް ޚިދުމަތްކުރަންވާނެއެވެ.

- ކޯހަކަށް އެދި ހުށަހެޅުއްވުމަށްފަހު، މަދުވެގެން 6 މަސްދުވަސް ވަންދެން މި މިނިސްޓްރީން ގުޅަން ބޭނުންވެއްޖެ ހިނދެއްގައި ގުޅޭނެގޮތް ހަމަޖައްސަވާފައި އޮންނަންވާނެއެވެ.

- ކޯހަށް ނޮމިނޭޓްވެއްޖެކަން މި މިނިސްޓްރީން އަންގާތާ 24 ގަޑިއިރު ފަހުން ކޯސް ދޫކޮށްލައިފިނަމަ، ބްލެކްލިސްޓް ކުރެވޭނެއެވެ.

- އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ އެއްވެސް ލިޔުމެއްގެ އަސްލުގައި ދެފުށް ޗާޕްކޮށްފައިވާނަމަ، އަސްލާއެއްގޮތަށް ދެފުށުގެ ކޮޕީވެސް ހުށަހަޅުއްވަންވާނެއެވެ.

- މި މިނިސްޓްރީގެ އޮންލައިން އެޕްލިކޭޝަން ހުށަހެޅުއްވި ބޭފުޅުންގެ ތެރެއިން ނޮމިނޭޓްވާ ބޭފުޅުން، އޮންލައިން އެޕްލިކޭޝަނާއެކު ހުށަހެޅުއްވި ލިޔުންތަކުގެ އަސްލު ނުވަތަ އެޓެސްޓެޑް އަސްލު ހުށަހަޅުއްވަން މި މިިނިސްޓްރީން ފަހުން ދެންނެވުމުން އަވަހަށް ފޮނުއްވެވޭގޮތަށް ތައްޔާރުކުރައްވާފައި ބެހެއްޓެވުން އެދެމެވެ.

- އެޕްލިކޭޝަންތަކުގެ ނަތީޖާ ލިސްޓު، މި މިނިސްޓްރީގެ ވެބްސައިޓަށް އަޕްލޯޑް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

އެޕްލިކޭޝަން ހުށަހެޅުއްވުމުގެ ސުންގަޑި: 2019 ފެބްރުއަރީ 28 ވާ ބުރާސްފަތި ދުވަހުގެ 8:30 ގެ ކުރިން

އެޕްލިކޭޝަން ހުށަހަޅުއްވާނީ:  https://myedu.egov.mv ޕޯޓަލް މެދުވެރިކޮށެވެ.

އިތުރު މަޢުލޫމާތު www.mohe.gov.mv އިންނާއި 3341325 / 3341307 ނަންބަރު ފޯނުން ލިބިވަޑައިގަންނަވާނެއެވެ.

25 ފެބުރުވަރީ 2019
ހޯދާ