މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް
ދިވެހިރާއްޖެ
"ސެޓްފިކެޓް 1 އިން ފިޓްނަސް އިންސްޓްރަކްޓަރ" ކޯހުގައި، ކިޔަވައިދެއްވާނެ އިންސްޓްރަކްޓަރުން ހޯދުމުގެ ގޮތުން އިންސްޓިޓިއުޓްގައި ރަޖިސްޓްރީ ރުމުގެ ފުރުސަތު ހުޅުވާލުން

                                  އިޢުލާން

ކޯހުގައި ކިޔަވައިދޭނެ އިންސްޓްރަކްޓަރުން ބޭނުންވެއްޖެ

މި އިންސްޓިޓިއުޓުން ހިންގުމަށް ބޭނުންވާ "ސެޓްފިކެޓް 1 އިން ފިޓްނަސް އިންސްޓްރަކްޓަރ" ކޯހުގައި، ކިޔަވައިދެއްވާނެ އިންސްޓްރަކްޓަރުން ހޯދުމުގެ ގޮތުން އިންސްޓިޓިއުޓްގައި ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލަމެވެ.

ކޯހުގެ ނަން:ސެޓްފިކެޓް 1 އިން ފިޓްނަސް އިންސްޓްރަކްޓަރ

އެލަވަންސް:ގަޑިއަކަށް -/500 ރުފިޔާ (50 ގަޑި އިރު، ތިއަރީ އަދި ޕްރެކްޓިކަލް އާއެކު)

ކޯސް ހިންގާނެ ތަން: މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް (ހ. ބޯޅަގެ)

ކޯސް ފަށާތާރީޚް: 03 މާރޗް 2019

ކްލާސްތައް ބޭއްވޭ ގަޑިތައް: ހެނދުނާއި ހަވީރު (އިންސްޓިޓިއުޓުން ކަނޑައަޅާ ގަޑިތަކުގައި)

ޝަރުތު:

  1. ސެޓްފިކެޓް ލެވެލް 2 އިން ފިޓްނަސް އިންސްޓްރަކްޓަރގެ ސެޓްފިކެޓް އޮތުން ނުވަތަ އެއަށްވުރެ މަތީ ފާހެއް އޮތުން
  2. ނުވަތަ ގުޅުން ހުރި ދާއިރާ އަކުން ސެޓްފިކެޓް ލެވެލް 2 ގެ ސެޓްފިކެޓް  އޮތުން ނުވަތަ އެއަށްވުރެ މަތީ ފާހެއް އޮތުން

ސިޓީ ހުށަހަޅަންޖެހޭ ތަނާއި ތާރީޚު:

ތަން : މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް ( ހ. ބޯޅަގެ) އަށެވެ.

ސުންގަޑި: 26 ފެބްރުއަރީ 2019 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިންނެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

- ރަޖިސްޓްރީވުމަށް އެދި ހުށަހަޅާ ސިޓީ

-  ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ކޮޕީ (ދެފުއް ފެންނާނެހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ކޮޕީ)

- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާ އެއްގޮތް ކަމަށް ތައްގަނޑު ޖަހާފައިވާ)

- މަސައްކަތު ތަޖުރިބާގެ ލިޔުންތައް

-  ވަނަވަރު

ނޯޓް:

  • އިންސްޓިޓިއުޓުގައި ރަޖިސްޓަރވާ ފަރާތްތަކަށް ކުރިއަށްއޮތް ތަނުގައި އިންސްޓިޓިއުޓުން ހިންގާ ފިޓްނަސް އިންސްޓްރަކްޓަރ ކޯހުގައި ކިޔަވައި ދިނުމުގެ ފުރުސަތު ދެވޭނެއެވެ.

އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސްގެ ނަންބަރު 3326986 އަދި 3326985 އަށް ގުޅުއްވުން އެދެން

                           

14 ޖުމާދަލްއާޚިރާ 1440

 

 

 

 

21 ފެބުރުވަރީ 2019
ހޯދާ