މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
ޕްރެޒިޑެންޝަލް ގާރޑްސްގެ މަޤާމުތަކަށް މީހުން ހޯދުން.

ކޮންޓްރެކްޓް އުޞޫލުން އެމް.އެން.ޑީ.އެފްގައި މަސައްކަތްކުރުމަށް މި ދަންނަވާ މަޤާމުތަކަށް މީހުން ބޭނުންވެއެވެ.

މަޤާމް

ސީނިއަރ މެކޭނިކަލް އިންޖީނިއަރ (ޓެކްނިކަލް އޮފިސަރ ގްރޭޑް 2)

ބޭނުންވާ ޢަދަދު

1

މުސާރަ

(މަހަކު) -/6600 ރުފިޔާ  

ސަރވިސް އެލަވަންސް

(މަހަކު) -/2000 ރުފިޔާ

ފެންވަރު ނުވަތަ ޝަރުތު

  • މެރިން އިންޖީނިއަރިންގ ދާއިރާއިން ގައުމީ ސަނަދު އޮނިގަނޑު ލެވެލް 7،8 ގެ ސަނަދެއް ޙާޞިލް ކޮށްފައިވުމާއެކު، 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • މެކޭނިކަލް އިންޖީނިއަރެއްގެ ގޮތުގައި 12 އަހަރު ދުވަހުގެ މަސައްކަތްކޮށް އަމަލީ ތަޖުރިބާ ލިބިފައިވުން.
  • ކަނޑުމަތީގެ ޑިއުޓީގައި ގިނަވަގުތު އުޅުމުގެ ޤާބިލްކަން ހުރުމާއެކު މަސައްކަތްކުރުމުގެ ފުރިހަމަ ޞިއްޙަތެއްގައި ހުރުން.

މަޤާމް

މެކޭނިކަލް އިންޖީނިއަރ (ޓެކްނިކަލް އޮފިސަރ ގްރޭޑް 1)

ބޭނުންވާ ޢަދަދު

1

މުސާރަ

(މަހަކު) -/5610 ރުފިޔާ  

ސަރވިސް އެލަވަންސް

(މަހަކު) -/2000 ރުފިޔާ

ފެންވަރު ނުވަތަ ޝަރުތު

  • މެރިން އިންޖީނިއަރިންގ ދާއިރާއިން ގައުމީ ސަނަދު އޮނިގަނޑު ލެވެލް 5،6 ގެ ސަނަދެއް ޙާޞިލް ކޮށްފައިވުމާއެކު، 4 އަހަރުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • މިދާއިރާގައި މެރިން އިންޖީނިއަރެއްގެގޮތުން އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1 ރޭކްގައި 4 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.
  • ކަނޑުމަތީގެ ޑިއުޓީގައި ގިނަވަގުތު އުޅުމުގެ ޤާބިލްކަން ހުރުމާއެކު މަސައްކަތްކުރުމުގެ ފުރިހަމަ ޞިއްޙަތެއްގައި ހުރުން.

މަޤާމް

މެކޭނިކް (އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2)

ބޭނުންވާ ޢަދަދު

2

މުސާރަ

(މަހަކު) -/5020 ރުފިޔާ

ސަރވިސް އެލަވަންސް

(މަހަކު) -/2000 ރުފިޔާ

ފެންވަރު ނުވަތަ ޝަރުތު

  • މެރިން އިންޖީނިއަރިންގ ދާއިރާއިން ގައުމީ ސަނަދު އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ޙާޞިލް ކޮށްފައިވުމާއެކު، 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • ޖީ.ސީ.އީ އޯލެވެލް ސައިންސް ސްޓްރީމް 2 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން. ނުވަތަ
  • މިދާއިރާގައި މެރިން އިންޖީނިއަރެއްގެގޮތުން އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1 ރޭކްގައި 2 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.
  • ކަނޑުމަތީގެ ޑިއުޓީގައި ގިނަވަގުތު އުޅުމުގެ ޤާބިލްކަން ހުރުމާއެކު މަސައްކަތްކުރުމުގެ ފުރިހަމަ ޞިއްޙަތެއްގައި ހުރުން.

މަޤާމް

އިލެކްޓްރިޝަން (އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2)

ބޭނުންވާ ޢަދަދު

1

މުސާރަ

(މަހަކު) -/5020 ރުފިޔާ  

ސަރވިސް އެލަވަންސް

(މަހަކު) -/1500 ރުފިޔާ

ފެންވަރު ނުވަތަ ޝަރުތު

  • އިލެކްޓްރިޝަން ދާއިރާއިން ގައުމީ ސަނަދު އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ޙާޞިލް ކޮށްފައިވުމާއެކު 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • ޖީ.ސީ.އީ އޯލެވެލް 2 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން. ނުވަތަ
  • މިދާއިރާގައި އިލެކްޓްރިކްޝަނެއްގޮތުން އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1 ރޭކްގައި 2 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.

މަޤާމް

ފަޅުވެރި (ޖީ.އެސް 3)

ބޭނުންވާ ޢަދަދު

10

މުސާރަ

(މަހަކު) -/4465 ރުފިޔާ  

ސަރވިސް އެލަވަންސް

(މަހަކު) -/1500 ރުފިޔާ

ފެންވަރު ނުވަތަ ޝަރުތު

  • ގްރޭޑް 7 ގެ ފެންވަރު ހުރުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުން. ނުވަތަ
  • މި ދާއިރާގައި ލޯންޗް ފަޅުވެރިއެއްގެ ގޮތުން 4 އަހަރު ދުވަހުގެ އަމަލީ ތަޖުރިބާ ލިބިފައިވުން.
  • ކަނޑުމަތީގައި ގިނަވަގުތު ޑިއުޓީގައި އުޅުމުގެ ޤާބިލްކަން ހުރުމާއެކު މަސައްކަތްކުރުމުގެ ފުރިހަމަ ޞިއްޙަތެއްގައި ހުރުން.

މަޤާމް

ވުޑް އެންޑް ފައިބަރގްލާސް ވާރކް (އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2)

ބޭނުންވާ ޢަދަދު

1

މުސާރަ

(މަހަކު) -/5020 ރުފިޔާ  

ސަރވިސް އެލަވަންސް

(މަހަކު) -/1500 ރުފިޔާ

ފެންވަރު ނުވަތަ ޝަރުތު

  • ވުޑްވާރކްސް / ކާޕެންޓަރ ދާއިރާއިން ގައުމީ ސަނަދު އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ޙާޞިލް ކޮށްފައިވުމާއެކު މަސައްކަތް ކުރުމުގެ 2 އަހަރުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • ޖީ.ސީ.އީ އޯލެވެލް 2 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން. ނުވަތަ
  • މިދާއިރާގައި ވުޑްވާރކްސް / ކާޕެންޓަރެއްގެ ގޮތުން އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1 ރޭކްގައި 2 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.

މަޤާމް

އެޑްމިނިސްޓްރޭޓަރ (އެން.އެސް 1)

ބޭނުންވާ ޢަދަދު

1

މުސާރަ

(މަހަކު) -/5610 ރުފިޔާ  

ސަރވިސް އެލަވަންސް

(މަހަކު) -/1500 ރުފިޔާ

ފެންވަރު ނުވަތަ ޝަރުތު

  • މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށް ދިނުމާއެކު 2 އަހަރު ދުވަހުގެ އަމަލީ ތަޖުރިބާއާއެކު، ގައުމީ ސަނަދު އޮނިގަނޑު ލެވެލް 5،6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.
  • ޖީ.ސީ.އީ އޯލެވެލް 2 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން. ނުވަތަ
  • މިދާއިރާގައި 8 އަހަރު ދުވަހު މަސައްކަތް ކުރުމުގެ ތަޖުރިބާ ހުރުމާއެކު ފުރިހަމަ ޞިއްޙަތެއްގައި ހުރުން.

މަޤާމް

ސްޓޮކް ކީޕަރ (ޖީ.އެސް 3)

ބޭނުންވާ ޢަދަދު

2

މުސާރަ

(މަހަކު) -/4465 ރުފިޔާ  

ސަރވިސް އެލަވަންސް

(މަހަކު) -/1000 ރުފިޔާ

ފެންވަރު ނުވަތަ ޝަރުތު

  • މަސައްކަތާއި ގުޅޭ ދާއިރާއަކުން ގައުމީ ސަނަދު އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، 2 އަހަރު ދުވަހުގެ އަމަލީ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • ޖީ.ސީ.އީ އޯލެވެލް 2 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން. ނުވަތަ
  • މިދާއިރާގައި 4 އަހަރު ދުވަހު މަސައްކަތް ކުރުމުގެ ތަޖުރިބާ ހުރުމާއެކު ފުރިހަމަ ޞިއްޙަތެއްގައި ހުރުން.

މަޤާމް

މަސައްކަތު (ޖީ.އެސް 2)

ބޭނުންވާ ޢަދަދު

2

މުސާރަ

(މަހަކު) -/4000 ރުފިޔާ  

ސަރވިސް އެލަވަންސް

(މަހަކު) -/1000 ރުފިޔާ

ފެންވަރު ނުވަތަ ޝަރުތު

  • ލިޔަން ކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުން. ނުވަތަ
  • މިދާއިރާގައި 4 އަހަރު ދުވަހު މަސައްކަތްކޮށް އަމަލީ ތަޖުރިބާ ހުރުމާއެކު ފުރިހަމަ ޞިއްޙަތެއްގައި ހުރުން.

މަޤާމް

ވޮޗަރ (ޖީ.އެސް 2)

ބޭނުންވާ ޢަދަދު

4

މުސާރަ

(މަހަކު) -/4000 ރުފިޔާ

ސަރވިސް އެލަވަންސް

(މަހަކު) -/1000 ރުފިޔާ

ފެންވަރު ނުވަތަ ޝަރުތު

  • ލިޔަން ކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުން. ނުވަތަ
  • މިދާއިރާގައި 4 އަހަރު ދުވަހު މަސައްކަތްކޮށް އަމަލީ ތަޖުރިބާ ހުރުމާއެކު ފުރިހަމަ ޞިއްޙަތެއްގައި ހުރުން.

އިތުރު އިނާޔަތްތައް

މި މަޤާމުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސްގެ ގޮތުގައި މުސާރައިގެ 35% އާއި، ބަންދުދުވަހުގެ އެލަވަންސްއާއި، ޝިފްޓްޑިއުޓީ އެލަވަންސްއާއި، ކޮއްތު އެލަވަންސްއާއި، ދަތުރު އެލަވަންސް އަދި ރާއްޖެތެރެއަށް ކުރާ ދަތުރުތަކުގައި ހަމަޖެހިފައިވާ އުޞޫލުން ހުރުމުގެ އެލަވަންސް ލިބޭނެއެވެ.

ވަޒީފާއަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ލިބިލައްވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ގުޅޭނެ ފޯނު ނަންބަރު ޖައްސަވާ، 2019 ފެބުރުވަރީ 26 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މި މިނިސްޓްރީއަށް ސިޓީ ފޮނުއްވުން އެދެމެވެ. މީގެ އިތުރުން ވަޒީފާ އަށް އެދި ހުށަހަޅުއްވާ ސިޓީތައް އީމެއިލް މެދުވެރިކޮށް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ، [email protected] އެވެ. ފެކްސް ނަންބަރަކީ 3325525 އެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3342967 ނުވަތަ 3313724 ނަންބަރު ފޯނާ ގުޅުއްވުންއެދެމެވެ.

 

13 ޖުމާދަލްއާޚިރާ 1440

18 ފެބުރުވަރީ 2019
ހޯދާ