މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
ސިފައިންެގެ ވަޒީފާގެ ފުރުޞަތު

ދާއިރާތައް:

  • މެރިންކޯރ
  • ސްޕެޝަލް ފޯސަސް
  • ފަޔަރ އެންޑް ރެސްކިއު ސަރވިސް
  • ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް
  • ކޯސްޓްގާރޑް
  • މިލިޓަރީ ޕޮލިސް
  • މެޑިކަލް ސަރވިސް
  • މިލިޓަރީ އިންޖީނިއަރސް
  • އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖީނިއަރސް
  • ސަޕޯޓް ސަރވިސް

ފެންވަރު ނުވަތަ ޝަރުތު:

 

  • ދިވެހި ރައްޔިތެއް ކަމުގައިވުން.
  • ދަށްވެގެން ޖީ.ސީ.އީ އޯލެވެލް ފެންވަރު ހުރުން ނުވަތަ އެފެންވަރުގެ ވޮކޭޝަނަލް ސެޓްފިކެޓެއް އޮތުން.
  • އުމުރުން 18 އަހަރު ފުރި 25 އަހަރު ނުފުރޭ މީހަކު ކަމުގައިވުން.
  • ސިފައިންގެ ވަޒީފާ އަދާކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުން.
  • ވޭތުވެދިޔަ 5 އަހަރުދުވަހުގެ ތެރޭގައި ކުށުގެ ރެކޯޑެއް އޮތް މީހަކު ކަމުގައި ނުވުން.
  • އިސްކޮޅު (ފިރިހެން: 5 ފޫޓް 5 އިންޗި،  އަންހެން: 5 ފޫޓް 3 އިންޗި).
  • އެއްވެސް ސިޔާސީ ޕާޓީއެއްގެ މެމްބަރެއްކަމުގައި ނުވުން.

ފޯމްދޫކުރުމާއި ބަލައިގަތުން:

  • ސިފައިންގެ ވަޒީފާއަށްއެދޭ ފޯމާއި ކުށުގެ ރެކޯޑް ފޯމް ރަސްމީގަޑީގައި މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި އެމް.އެން.ޑީ.އެފްގެ ވެބްސައިޓުން މި ފޯމްތައް ޑައުންލޯޑްވެސް ކުރެވޭނެއެވެ.
  • ވަޒީފާ އަށް އެދޭ ފޯމް ދޫކުރުމާއި، ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިދަންނަވާ އޭރިއާތަކުން، 2019 ފެބްރުއަރީ 14 ވަނަ ދުވަހުން ފެށިގެން 2019 ފެބްރުއަރީ 24 ވަނަ ދުވަހުގެ 14:00 އަށް

ނޮދަން އޭރިއާއިން

  • އެމް.އެން.ޑީ.އެފް ހދ. ކުޅުދުއްފުށި ޕޯސްޓް
  • ޅ. ނައިފަރު ފަޔަރ ސްޓޭޝަން

ސެންޓްރަލް އޭރިއާއިން

  • ސެންޓްރަލް އޭރިއާ ހެޑްކްއޯޓަރޒް (ލ. ކައްދޫ)
  • އެމް.އެން.ޑީ.އެފް ދ. ކުޑަހުވަދޫ ޕޯސްޓް

 މާލެ އޭރިއާއިން

  • މިނިސްޓްރީ އޮފް ޑިފެންސް

ސަދަން އޭރިއާއިން

  • އެމް.އެން.ޑީ.އެފް ޏ. ފުވައްމުލަކު ޕޯސްޓް
  • ސ. ހިތަދޫ ފަޔަރ ސްޓޭޝަން
  • ގދ. ތިނަދޫ ފަޔަރ ސްޓޭޝަން
  • ވަޒީފާއަށް އެދޭ ފޯމް ހުށަހަޅާނީ، އެމީހަކު އިންޓަރވިއުއަށް ހާޒިރުވުމަށް ބޭނުންވާ އޭރިއާއެއްގެ ފޯމް ބަލައިގަތުމަށް ކަނޑައެޅިފައިވާ މަރުކަޒުތަކަށެވެ. އަދި އޭރިއާތަކުގައި އިންޓަވިއު ކުރުމަށް ހަމަޖެހިފައިވާ މަރުކަޒުތައް ސިފައިންގެ ވަޒީފާއަށް އެދޭ ފޯމްގައި ބަޔާންކުރެވިފައިވާނެއެވެ.
  • ވަޒީފާއަށް އެދޭ ފޯމް ހުށަހަޅާއިރު ކުށުގެ ރެކޯޑް ފޯމް ފުރިހަމަކުރުމަށްފަހު ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު:

  • ސިފައިންގެ ވަޒީފާއަށް މީހުން ހޮވުމުގައި މަތީގައި ބަޔާން ކުރެވިފައިވާ ޝަރުތުތަކުގެ އިތުރުން ކުރެވޭ އިންޓަރވިއުތަކަށާއި، ފުރަތަމަ އިންޓަރވިއުއިން ފާސްވާ މީހުންނަށް ދެވޭ ފިޒިކަލް (ޕުޝްއަޕްސް، ސިޓްއަޕްސް، ޕުލްއަޕްސް، ދުވުން އަދި ސްވިމިންގ) އަދި އެޕްޓިޓިއުޓް ޓެސްޓުން އެމީހަކު ހޯދާ ނަތީޖާއަށް ބެލެވޭނެއެވެ.
  • މި އިޢުލާނުގެ ބޭނުމަށް އުމުރުފުރާ ބަލާ ތާރީޚަކީ 27 ފެބުރުވަރީ 2019 އެވެ.
  • އިތުރު މަޢުލޫމާތު: 3322607 އެކްސްޓެންޝަން: 3153، 3440 އިން އަދި އެމް.އެން.ޑީ.އެފްގެ ވެބްސައިޓް www.mndf.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.

 

09 ޖުމާދަލްއާޚިރާ 1439

14 ފެބުރުވަރީ 2019
ހޯދާ