މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

 

                                                     އިޢުލާން ނަންބަރ: ADMHR-MPL/2019/25 

 ވަޒީފާގެ ފުރުޞަތު

 

މަޤާމް :

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

1 ( އެކެއް )

މުސާރައާއި އެލަވަންސް:

 1. މުސާރަ: މަހަކު -/4650 ރުފިޔާ ( ހަތަރުހާސް ހަސަތޭކަ ފަންސާސް ރުފިޔާ)
 2. ސަރވިސް އެލަވަންސް: މަހަކު -/2610 ރުފިޔާ ( ދެހާސް ހަސަތޭކަ ދިހަ ރުފިޔާ)
 3. އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

އޮފީސް :

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

ޔުނިޓް :

މޭލް އޮޕަރޭޝަންސް ޑިވިޜަން

މަޤާމްގެ މަސްޢޫލިއްޔަތުތަކާއި ވާޖިބުތައް

 • މޭލް އޮޕަރޭޝަންސްއާ ގުޅޭ އިދާރީ މަސައްކަތްތައް (ޑިވިޜަންގެ އިދާރީ ސްޓޮކް، ޕެޓީކޭޝް ފައިސާގެ މަސައްކަތް) ކުރުން
 • ޑިއުޓީ ރޯސްޓަރ ތައްޔާރުކުރައްވާ މުވައްޒަފުން ރޭވުން
 • އިދާރީ ގޮތުން ތައްޔާރު ކުރަންޖެހޭ ލިޔުންތައް ތައްޔާރު ކުރުން

ތަޢުލީމީ ފެންވަރާއި މަޤާމުގެ ޝަރުޠު:

 • ކުރެވޭ އިންޓަރވިއުއިން މަސައްކަތުގެ  ހުނަރު އަދި ޤާބިލުކަން ސާބިތުކޮށްދިނުމާއެކު މެނޭޖްމަންޓް ދާއިރާއިން ޑިޕްލޮމާ ނުވަތަ ސެޓްފިކެޓް ފެންވަރުގެ ފާހެއް އޮތުން ނުވަތަ  އޭލެވެލް  އިމްތިހާނުގެ 1 މާއްދާއިން "ސީ" ފާސް ނުވަތަ އެއަށްވުރެ މަތިން ލިބިފައިވުން
 • ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން  "ސީ" ގްރޭޑް ލިބިފައިވުން
 • ދިވެހިބަހުންނާއި އިނގިރޭސި ބަހުން ލިޔަންޖެހޭ ތަކެތި ރަނގަޅަށް ޢިބާރާތްކުރަން އެނގުމާއިއެކު ރަނގަޅަށް މުޢާމަލާތް ކުރަން އެނގޭފަރާތަކަށްވުން

އެހެނިހެން

 • މައިކްރޮސޮފްޓް އޮފީސް ޕެކޭޖް ރަނގަޅަށް ބޭނުން ކުރަން އެނގުން
 • މުއާމަލާތާއި މުވާސަލާތް ކުރުމުގެ ހުނަރު
 • ޓީމެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ހުނަރު
 • އަމިއްލަ އިސްނެގުމާއެކު މަސައްކަތް ކުރުން
 • އުމުރުން 18 އަހަރު ފުރިފައިވާ މީހަކުކަމުގައި ވުން.
 • ވޭތުވެދިޔަ 5 ( ފަހެއް ) އަހަރުދުވަހު ޖިނާއީ އެއްވެސް ކުށެއް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ   މައްސަލައެއް ހުށަހެޅި ބެލެމުންދާ މީހަކުކަމުގައި ނުވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 • މަޤާމަށްއެދި ހުށަހަޅާ ސިޓީ (ސިޓީގައި އިއުލާން ނަންބަރާއެކު)
 • ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ
 • ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
 • ވަޒީފާ އަދާކުރާނަމަ ނުވަތަ ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެންމެފަހުން އަދާކުރި ވަޒީފާ އެނގޭނެ ރަސްމީ ލިޔުން
 • ޕޮލިސް ރިޕޯޓް ( ވަޒީފާއަށް ހޮވިއްޖެނަމަ، ހުށަހަޅަން ޖެހޭނެއެވެ.)
 • ގުޅޭނެ ފޯން ނަންބަރު

ސުންގަޑި:

މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 2019 ފެބުރުވަރީ 11 ވާ ހޯމަ ދުވަހުގެ  14:00 ގެ ކުރިން، ޕޯސްޓް ބިލްޑިންގުގެ 03 ވަނަ ފަންގިފިލާގައި ހުންނަ ހިއުމަން ރިސޯސަސް ސެކްޝަން ހުށަހެޅުން އެދެމެވެ. ސިޓީ އުރައިގެ ބޭރުގައި " ވަޒީފާއަށް އެދި" މިހެން ޖަހަންވާނެއެވެ.

އިންޓަވިއު:

އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް އެދި ސިޓީ ހުށހަޅާ ފަރާތްތަކުގެ ތެރެއިން ޝޯރޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

ސިޓީ އެޑްރެސްކުރާނެ ގޮތް:

މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

މާލެ، ދިވެހިރާއްޖެ

އިތުރު މަޢުލޫމާތު:

 • މި މަޤާމަށް އެދި ސިޓީ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުތު ހަމަނުވާ ފަރާތްތަކުގެ ސިޓީތަކާއި، ލިޔެކިޔުންތައް ހަމަނުވާ ފަރާތްތަކުގެ ސިޓީތައް ބާޠިލްކުރެވޭނެއެވެ.
 • މި ޢިއުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ 3315555 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. ފެކްސް ނަންބަރަކީ، 3321559 އެވެ.

                           04 ފެބުރުވަރީ 2019

         

 

04 ފެބުރުވަރީ 2019
ހޯދާ