މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
މޯލްޑިވްސް މީޑިއާ ކައުންސިލްގެ މީޑިއާގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވަލުން

`

 

މިނިސްޓްރީ އޮފް ހޯމްއެފެއާޒް

   މާލެ، ދިވެހިރާއްޖެ.     

                          ނަންބަރ    IUL10-M/10/2019/13

 

    އިޢުލާން

މޯލްޑިވްސް މީޑިއާ ކައުންސިލްގެ މީޑިއާގެ މެންބަރަކަށް ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލުން

ޤާނޫނު ނަންބަރު 2008/15 މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނުގެ ދަށުން އެކުލަވާލެވިފައިވާ މީޑިއާ ކައުންސިލްގެ މީޑިއާގެ މެންބަރެއްގެ މުއްދަތު 2019 ފެބްރުއަރީ 5 ގެެ ނިޔަލަށް ހަމަވާތީ،  އެމަގާމަށް މެންބަރަކު ޢައްޔަންކުރުމަށް ބޭނުންވެއެވެ. މިކައުންސިލް އެކުލެވިގެންވަނީ  މީޑިއާގެ 7 (ހަތެއް) މެންބަރުންނާއި އާންމުންގެ 7 (ހަތެެއް) މެންބަރުން ހިމެނޭގޮތަށެވެ. ކައުންސިލަށް ހޮވޭ މެންބަރުންގެ މުއްދަތަކީ މީލާދީ 2 (ދޭއް) އަހަރެވެ. އަދި އެއްވެސް ފަރާތަކަށް ކައުންސިލުގެ މެންބަރުކަމުގައި ވިދިވިދިގެން 2 (ދޭއް) ދައުރު އަދައެއް ނުކުރެވޭނެއެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނުގެ 7 ވަނަ މާއްދާގައިވާ ގޮތުން ކައުންސިލުގެ މެންބަރުންގެ ކިބައިގައި، ތިރީގައިވާ ސިފަތައް ހުންނަންވާނެއެވެ.

(ހ) ދިވެހިރައްޔިތަކު ކަމުގައިވުން.

(ށ) އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވުން.

(ނ) އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.

(ރ) މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ކުށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.

(ބ) ކުޑަކުދީންނަށް ޖިންސީ ގޯނާކުރުމުގެ ކުށް ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.

(ޅ) ވޭތުވެދިޔަ 2 (ދޭއް) އަހަރު ދުވަހުގެ ތެރޭގައި ޖިނާޢީ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.

(ކ) ޚިޔާނާތުގެ ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.

(އ) މުޖްތަމަޢު ޤަބޫލުކުރާ މިންގަނޑުތަކުން، އަބުރުވެރި، އަޚްލާޤު ރަނގަޅު މީހެއްކަމުގައިވުން.

(ވ) ފާއިތުވެދިޔަ 12 (ބާރަ) މަސްދުވަހުގެ ތެރޭގައި ނޫސް މަޖައްލާއެއްގައި އެމީހަކު ލިޔުނު އެއްޗަކާބެހޭ ގޮތުން ޝަރީޢަތަށް ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.

 

ވީމާ، މީޑިއާކައުންސިލްގެ މީޑިއާގެ މަގާމަށް ކުރިމަތިލައްވަން އެދިވަޑައިގަންނަވާ މީޑިއާތަކުން، 13 ފެބްރުއަރީ 2019 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން ވަނަވަރު،  އައިޑެންޓިޓީ ކާޑުގެ ކޮޕީއާއި،  ތަޢުލީމީ ފެންވަރު އަންގައިދޭ ލިޔުންތަކުގެ ކޮޕީއާއި ކުށުގެ ރެކޯޑް (މޯލްޑިވްސް ޕޮލިސް ސަރވިސް އަދި ކޯޓުތަކުން) އާއި ޕާސްޕޯޓް ސައިޒްގެ ފޮޓޯއަކާއެކު މިނިސްޓްރީ އޮފް ހޯމްއެފެއާޒް (ވެލާނާގެ 10 ވަނަ ފަންގިފިލާ) އަށް ސިޓީއަކުން ހުށަހެޅުއްވުން އެދެމެވެ. މީޑިއާ ކައުންސިލްގައި ހިމެނޭނީ ކޮންމެ މީޑިއާއަކުންވެސް އެއްފަރާތެވެ. 

25  ޖުމާދަލްއޫލާ  1440

 

 

31 ޖަނަވަރީ 2019
ހޯދާ