ކުނަހަންދޫ ސްކޫލް، ލ. ކުނަހަންދޫ
ދިވެހިރާއްޖެ
ސެކިއުރިޓީ ބެލެހެއްޓުން

 

އިޢުލާން

 

2019 ވަނަ އަހަރު ސްކޫލުގެ ސެކިޔުރިޓީ ބަލަހައްދައިދޭނެ ފަރާތެއް ހޯދުން

       2019 ވަނަ އަހަރު މި ސުކޫލްގެ  އިމާރާތްތަކުގެ ސެކިއުރިޓީ ބަލަހައްޓައިދޭނޭ ފަރާތެއް ހޯދަން ބޭނުންވެ، ކުރެވުނު އިޢުލާން ނަމްބަރ GS-184/IUL/2018/25 (19 ނޮވެމްބަރ 2018) ގެ މަޢުުލޫމާތު ފުރިހަމަ ނުވާތީ އެ އިޢުލާނު ބާތިލުކޮށް އަލުން އިޢުލާނުކުރަމެވެ.

މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާރީޚަށް ކުނަހަންދޫ ސްކޫލުގެ އޮފީހަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު އޮންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. އަންދާސީހިސާބު ބަލައިގަތުމާއި ކެނޑުން އޮންނާނީ ކަނޑައެޅިފައިވާ ތާރީޚުގައި އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

މަޢުލޫމާތު ސާފުކުރުމާއި، އަންދާސީހިސާބު ހުށަހެޅުން.

ކުނަހަންދޫ ސްކޫލް އޮފީސް

މަޢުލޫމާތު ސާފުކުރުން.

03 ފެބުރުވަރީ 2019 ވާ އާދީއްތަ ދުވަހުގެ 13:00 ގައި

އަންދާސީހިސާބު ހުށަހެޅުމާއި، އަންދާސީހިސާބު ކެނޑުން.

12 ފެބުރުވަރީ 2019 ވާ އަންގާރަ ދުވަހުގެ 13:00 ގައި

މަޢުލޫމާތު ސާފުކުރުމަށް ޙާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި، ގަޑިޖެހިގެން ގެންނަ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެވާހަކަ ދަންނަވަމެވެ.

ވީމާ. މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ. 

  • ·                  އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިސްކޫލްގެ ނަންބަރު 6800744 އާއި ގުޅުއްވުން އެދެމެވެ.

17 ޖުމާދަލް އޫލާ 1440

23 ޖެނުވަރީ 2019

                                             

                                             

                                     

23 ޖަނަވަރީ 2019
ހޯދާ