ދިވެހިރާއްޖެ
އިޢުލާން
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އިން 26 އަދި 27 ފެބްރުއަރީ 2019 ގައި ބާއްވާ
ބިޒްނަސް ކޮންވެންޝަންގައި ކަރުދާސް ހުށަހެޅުން
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްއިން 26 އަދި 27 ފެބްރުއަރީ 2019 ގައި ބިޒްނަސް ކޮންވެންޝަނެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ކޮންވެންޝަންގައި ވިޔަފާރިވެރިންނަށް ދިމާވާ ދަތިތަކާއި، އެކުލަވާލެވިފައިވާ ސިޔާސަތުތައް އިސްލާހުކޮށް، ހިދުމަތްތަކަށް ލުއިފަސޭހަކަމެއް ލިބިދާނެ ކަންތައްތަކާއި ހިޔާލުހޯދުމަށް ކަރުދާސް ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ.
ކަރުދާސް ހުށަހެޅޭނީ އަންނަނިވި ދާއިރާތަކުންނެވެ.
ކަރުދާސް ހުށަހެޅޭ ދާއިރާތައް |
ހ. ގެސްޓްހައުސް ވިޔަފާރި ފުޅާކުރުމަށް ޤައުމީ ފެންވަރުގައި ކުރެވިދާނެ ކަންތައްތައް |
ށ. މަސައްކަތްތެރީންނާއި އިޤްތިޞާދު |
ނ. ކުދި އަދި މެދު ފަންތީގެ ވިޔަފާރި |
ރ. ދަނޑުވެރިކަމުގެ ދާއިރާ |
ބ. އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ ވިޔަފާރި ދާއިރާ ތަރައްޤީކުރުން |
ޅ. އަންހެން ވިޔަފާރިވެރިން |
ކ. ދިވެހިރާއްޖޭގެ ޓެކްސް ނިޒާމް |
- ކަރުދާސް ހުށަހެޅުމުގެ ސުންގަޑި: 13:00، 14 ފެބްރުއަރީ 2019
- ކަރުދާސް ހުށަހަޅާނީ: އީމެއިލް މެދުވެރިކޮށް: [email protected]
- އިތުރު މަޢުލޫމާތު ބޭނުންފުޅު ނަމަ ގުޅުއްވާނީ: 3333187
- ކަރުދާހުގައި 2 ގަނޑަށް ވުރެ ދިގުނޫން Executive Summary އެއް ހިމެނިފައި އޮންނަންވާނެއެވެ.
- މި މިނިސްޓްރީއަށް ހުށަހަޅާ ކަރުދާސްތަކުގެ ތެރެއިން އެންމެ ރަނގަޅު ކަރުދާސްތައް ހޮވާލެވޭނެއެވެ. އަދި މި ފަރާތްތަކަށް ކޮންވެންޝަންގައި ޕްރެޒެންޓުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
- ކަރުދާސް ހުށަހަޅާ ފަރާތާއި ގުޅޭނެ ނަންބަރެއް ހުށަހަޅާ ކަރުދާހުގައި ބަޔާންކުރަންވާނެއެވެ.
- ހުށަހެޅިފައިވާ ކަރުދާސް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް ގެ ޤަވާޢިދުތައް އަދި ސިޔާސަތުތައް ކަނޑައެޅުމުގައި ބޭނުންކުރެވިގެންދާނެއެވެ.
ހުޅަހަޅާ ކަރުދާހުގައި ހުންނަންޖެހޭ ބައިތައް:
|
ހުށަހަޅާ ފަރާތުގެ ނަން |
1 |
އެގްޒެކެޓިވް ސަމަރީ |
2 |
މައުލޫޢު (ދާއިރާ) |
3 |
ކަރުދާހުގެ މަގްސަދު |
4 |
މިހާރު އަމަލުކުރަމުންދާ އުސޫލު |
5 |
ގުޅުންހުރި ޤާނޫނު/ |
6 |
ގޮންޖެހުން/ ދަތިތައް |
7 |
ހުށަހަޅުއްވާ ހައްލު |
11 ޖުމާދަލްއޫލާ 1440