މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
އިޢުލާން

 

                                                                                                         ނަންބަރ:IUL)MMPRC/1/2019/2)

އިޢުލާން

 

 އަންދާސީ ހިސާބު ބޭނުންވެއްޖެ

މިކޯޕަރޭޝަނުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތައް ރާއްޖެއާއި ރާއްޖެއިން ބޭރުގައި ބައިވެރިވާ ފެއަރ ،ރޯޑް ޝޯ އަދި އެހެނިހެން ޓޫރިޒަމް ޕްރޮމޯޝަނަލް އިވެންޓްތަކުގައި ބޭނުންކުރުމަށް " ޓުއަރިޒަމް ހިސްޓްރީ ބުކް" ޕްރިންޓް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރު:IUL)MMPRC/1/2018/44)  އިއުލާނުގެ މަޢުލޫމާތު ކަރުދާހަށް އައި ބަދަލުތަކާ ގުޅިގެން އިއުލާން ބާތިލްކޮށް އަލުން ފުރުސަތު ހުޅުވާލަމެވެ.   

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 2019 ޖަނަވަރީ 21 ވާ  ހޯމަ ދުވަހުގެ ހެނދުނު 10:00 އަށް، މަޖީދީމަގުގައި ހުންނަ މިކޯޕަރޭޝަނަށް (ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ހިންގި އިމާރާތުގެ ފުރަތަމަ ފަންގިފިލާ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2019 ޖަނަވަރީ 28 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި، މަޢުލޫމާތު ސެޝަނަށް ހާޒިރުވުމަށް އުޒުރުވެރިވާ ބޭފުޅުން ތިރީގައިވާ އީމެއިލް މެދުވެރިކޮށް މަޢުލޫމާތު ކަރުދާސް ލިބިވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

އީމެއިލް: [email protected]

 

09 ޖުމާދިލްޢޫލާ 1440

15 ޖަނަވަރީ  2019

 

 

 

 

 

 

 

15 ޖަނަވަރީ 2019
ހޯދާ