މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

ނަންބަރު: MREIC/IU/2019/0001

ވަޒީފާގެ ފުރުސަތު

 

                  މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމެންޓް ކޯޕަރޭޝަނަކީ އެމްޓީސީސީގެ ސައްތައިން ސައްތަ ހިއްސާވާ ސަބްސިޑަރީ ކުންފުންޏެކެވެ. މި ކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމްތަކަށް ހީވާގި، މަސައްކަތަށް ޝަޢުޤުވެރިކަން ހުންނަ ދިވެހި މުވައްޒަފުން ބޭނުންވެއެވެ.

 

މަޤާމް:                 

އެސިސްޓަންޓް ޕްރޮކިއުމަންޓް އޮފިސަރ

ޢަސާސީ މުސާރަ:        

5500.00 ރ.

ސަރވިސް އެލަވަންސް:      

 1000.00ރ.

ބޭނުންވާ އަދަދު:           

01

އެޑިއުކޭޝަން އެލަވަންސް:

 

އެމް އެން ކިޔު އެފް ލެވެލް 07 އިން މަތީގެ ސަނަދުތަކަށް އަސާސީ މުސާރައިގެ %40

ލެވެލް 05 އަދި 06 ގެ ސަނަދުތަކަށް އަސާސީ މުސާރައިގެ %20

އެހެނިހެން އެލަވަންސް/އިނާޔަތް: 

ހަމަޖެހިފައިވާ އުޞޫލުގެ މަތީން އިތުރުގަޑީގެ ފައިސާ / ރިޓަޔަމަންޓް ޕެންޝަން ސްކީމް އަދި ހަމަޖެހިފައިވާ އުޞޫލުގެ މަތީން ކުންފުނީގެ ހެލްތް އިޝުއަރެންސް ލިބިދެވޭނެއެވެ.

 

މަސައްކަތް ކުރަންޖެހޭ ތަން:    

މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމެންޓް ކޯޕަރޭޝަން /އެމްޓީސީސީ ސޯމިލް

 

މަޤާމުގެ މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް:

  1. މިކުންފުންޏަށް ބޭނުންވާ މުދަލާއި އެހެނިހެން ތަކެތި ގަތުމަށް ކުރަންޖެހޭ މަސައްކަތްތައް ކުންފުނީގެ ޕްރޮކިއުމަންޓް ޕޮލިސީއާއި އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށް ގެންދިއުމަށް އެހީތެރިވުން
  2. ޑިޕާޓްމަންޓްތަކުން ގަތުމަށް އެދޭ ތަކެއްޗާ ބެހޭ ގޮތުން ފުރިހަމަ މަޢުލޫމާތު ހޯދުން

ސަޕްލަޔަރުންނާއި މުޢާމަލާތު ކުރުން

  1. ތަކެތީގެ އަގަށާއި ކޮލިޓީއަށް ބަލައި ޑިޕާޓްމަންޓްތަކުން ފޮނުވާ ސްޕެސިފިކޭޝަނާ އެއްގޮތްވާގޮތުގެ މަތިން އެތަކެތި ގަނެ، ހަވާލުކުރަންޖެހޭ ފަރާތްތަކާ ހަވާލުކުރުން

ކޯޓޭޝަން ހޯދުމަށް އެހީތެރިވުން

މަގާމުގެ ޝަރުތުތައް:           

  1. މިގާމާއި ގުޅޭ ދާއިރާއަކުން ޑިޕްލޮމައެއް ހާސިލްކޮށްފައިވުމާ އެކު މި މަޤާމުގެ މަސްޢޫލިއްޔަތު އުފުލުމަށް ބޭނުންވާ ފަދަ ދާއިރާއަކުން މަދުވެގެން 1 އަހަރު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން ނުވަތަ.
  2. މަސައްކަތާއި ގުޅޭ ދާއިރާ އަކުން މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  3. މައިކްރޮސޮފްޓް އޮފީސް ޕެކޭޖު ފަރިތަކަމާއެކު ބޭނުން ކުރަން އެނގުން.

ހުށައަޅަންޖެހޭ ލިޔުންތައް:        

  1.  ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު މި ފޯމް ކުންފުނީގެ ހިއުމަން ރިސޯސަސް އެންޑް އެޑްމިނިސްޓްރޭޝަން ސެކްޝަނުން (ހ.ސޯމިލް / ފުރަތަމަ ފަންގިފިލާ ) ލިބެން ހުންނާނެއެވެ.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔަތެއްކަން އަންގައިދޭ،މުއްދަތު ހަމަނުވާ،ކާޑުގެ ދެފުށުގެ ލިޔުންތައް  ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

  (ށ) މަތީ ތައުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.     
  2.  މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.
  3. ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛     

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް

ހޮވުމަށް ބެލެވޭނެ ކަންތައްތައް:     

  1. ހާސިލްކޮށްފައިވާ ތައުލީމާއި ތަމްރީނަށް ބަލައިގެން.                    
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. ގާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން.

 

 

މަޤާމް:                 

ސާރވިސް އެސިސްޓެންޓް

ޢަސާސީ މުސާރަ:        

4700.00ރ.

ސަރވިސް އެލަވަންސް:      

.001000ރ.

 

 

އެހެނިހެން އެލަވަންސް/އިނާޔަތް: 

ހަމަޖެހިފައިވާ އުޞޫލުގެ މަތީން އިތުރުގަޑީގެ ފައިސާ / ރިޓަޔަމަންޓް ޕެންޝަން ސްކީމް އަދި ހަމަޖެހިފައިވާ އުޞޫލުގެ މަތީން ކުންފުނީގެ ހެލްތް އިޝުއަރެންސް ލިބިދެވޭނެއެވެ.

 

މަސައްކަތް ކުރަންޖެހޭ ތަން:    

މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމެންޓް ކޯޕަރޭޝަން /އެމްޓީސީސީ ސޯމިލް

 

މަގާމުގެ ޝަރުތުތައް:           

  1. މަޤާމުގެ މަސްޢޫލިއްޔަތު އުފުލުމަށް ބޭނުންވާ ފަދަ ދާއިރާއަކުން 1-3 އަހަރު މަސައްކަތްކޮށް ތަޖުރިބާ  ލިބިފައިވުން.
  2. ދިވެހި/ އިގިރޭސި ބަހުން ފުރިހަމައަށް މުއާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން.

 

މަގާމްގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

  1. ކުންފުނިން ފޮނުވަންޖެހޭ ސިޓީ ފަދަ ތަކެތި ޙަވާލު ކުރަންޖެހޭ ފަރާތްތަކަށް ޙަވާލު ކުރުން.
  2. ކުންފުނިން އެކި އެކި ކަންކަމާއި ގުޅިގެން ބޭންކުން ނަގަންޖެހޭ ފައިސާނެގުމާއި ޖަމާކުރަންޖެހޭ ފައިސާ ޖަމާކުރުން.
  3. ސަރުކާރުގެ އިދަރާތަކުންނާއި އަމިއްލަފަރާތްތައް މެދުވެރިކޮށް ހޯދާ ޚިދުމަތްތައް ހޯދުމުގައި އެހީ ތެރިވެދިނުން.
  4. ބިދޭސީ މުވައްޒަފުންނާއި ގުޅުންހުރި އެންމެހާ ކަންތައް އިމިގްރޭޝަން އަދި އެހެނިހެން އިދާރަތަށް މެދުވެރިކޮށް ކުރުން.

 

ހުށައަޅަންޖެހޭ ލިޔުންތައް:        

  1.  ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު މި ފޯމް ކުންފުނީގެ ހިއުމަން ރިސޯސަސް އެންޑް އެޑްމިނިސްޓްރޭޝަން ސެކްޝަނުން (ހ.ސޯމިލް / ފުރަތަމަ ފަންގިފިލާ ) ލިބެން ހުންނާނެއެވެ.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔަތެއްކަން އަންގައިދޭ،މުއްދަތު ހަމަނުވާ،ކާޑުގެ ދެފުށުގެ ލިޔުންތައް  ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

  (ށ) މަތީ ތައުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.     
  2.  މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.
  3. ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
  4. އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.      

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް

ހޮވުމަށް ބެލެވޭނެ ކަންތައްތައް:     

  1. ހާސިލްކޮށްފައިވާ ތައުލީމާއި ތަމްރީނަށް ބަލައިގެން.                    
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. ގާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން.

 

 

ވީމާ، މިމަޤާމުތަކަށް އެދިވަޑައިގަންނަވާ ފަރާތްތަކުން  22ޖެނުއަރީ 2019 ވަނަ ދުވަހުގެ 14:00 ގެ ކުރިން މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމެންޓް ކޯޕަރޭޝަންގެ "ޖޮބް އެޕްލިކޭޝަން ފޯރމް" ފުރިހަމަކުރެއްވުމަށްފަހު، ފޯރމާއިއެކު ލިބިވަޑައިގެންފައިވާ ސެޓްފިކެޓްތަކުގެ އަސްލާއި އެއްގޮތް ކޮޕީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ޕާސްޕޯރޓް ސައިޒްގެ ފޮޓޯއެއް ހުށެހެޅުއްވުން އެދެމެވެ. މި ފޯރމް ކުންފުނީގެ ހިއުމަން ރިސޯރސަސް އެންޑް އެޑްމިނިސްޓްރޭޝަން ސެކްޝަނުން (ހ.ސޯމިލް / ފުރަތަމަ ފަންގިފިލާ ) ލިބެން ހުންނާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ،  3001488 ނަންބަރު ފޯނަށް، ނުވަތަ 7736424 ނަންބަރު ފޯނަށެވެ.

15 ޖެނުއަރީ 2019 

9 ޖުމާދަލް އޫލާ 1440

 

 

15 ޖަނަވަރީ 2019
ހޯދާ