ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހިރާއްޖެ
ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީއަށް މައްސަލަ ހުށަހެޅުން

ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ

 

ކޮމިޝަނަށް މައްސަލަ ހުށަހެޅުމާބެހޭ

ދައުލަތުގެ މުދަލާއި ފައިސާ ނަހަމަގޮތުގައި ބޭނުންކުރުމާއި، ދައުލަތުގެ ތެރޭގައި ހިންގައިފައިވާ ކޮރަޕްޝަނާއި ޚިޔާނާތުގެ ބޮޑެތި މައްސަލަތައް ބެލުމަށްޓަކައި، "ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" ގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރިޔާސީ ކޮމިޝަނެއް އެކުލަވައިލައްވާފައެވެ.

ވީމާ، ޖަނަވަރީ 2012 ޖަނަވަރީ 1 އިން ފެށިގެން 2018 ނޮވެންބަރު 17 ގެ ނިޔަލަށް، ދައުލަތުގެ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވެފައިވާ ޚިޔާނާތާއި، ދައުލަތުގެ މުދަލާއި ފައިސާ ނަހަމަގޮތުގައި ބޭނުންކުރުމުގެ ބޮޑެތި މައްސަލަތަކުގެ ތެރެއިން އެކިއެކި ސަބަބުތައް މެދުވެރިވެގެން ތަޙުޤީޤު ކުރެވިފައިނުވާ މައްސަލަތަކާއި، އެކަށީގެންވާ މިންވަރަށް ތަޙުޤީޤުކޮށްފައިނުވާ މައްސަލަތައް ހުރިކަމަށް ފާހަގަކުރެއްވޭނަމަ، އެފަދަ މައްސަލަތަކުގެ މަޢުލޫމާތު، 24 ފެބުރުވަރީ 2019 ގެ 14:00 ގެ ކުރިން، ލިޔުމަކުން، މި ކޮމިޝަނަށް ހުށަހަޅުއްވައިދެއްވުން އެދެމެވެ.

މި ކޮމިޝަނަށް ހުށަހަޅުއްވަން ބޭނުންފުޅުވާ މައްސަލަތައް ފޮނުއްވާނީ، މި ކޮމިޝަނަށް އެޑްރެސްކުރައްވައި، ޣާޒީ ބިލްޑިންގުގައި ހުންނަ މި ކޮމިޝަނުގެ އޮފީހަށެވެ. އީމެއިލްގެ ޒަރީޢާއިން މައްސަލަ ހުށަހަޅުއްވަން ބޭނުންފުޅުވާނަމަ، info@pccar.gov.mv އަށް ފޮނުއްވޭނެއެވެ.

މީގެ އިތުރުން، ކުރިއަށް އޮތް ހަފުތާގެ ތެރޭގައި، މި ކޮމިޝަނުގެ ވެބްސައިޓުގައިވާ ޕޯޓަލް މެދުވެރިކޮށް، މައްސަލަ ހުށަހަޅާ ފަރާތް ނޭނގޭގޮތަށް މި ކޮމިޝަނަށް މައްސަލަ ހުށަހެޅުމުގެ ފުރުޞަތު ހުޅުވައިލާނެ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވަމެވެ.

2 ޖުމާދަލްއޫލާ 1440

08 ޖަނަވަރީ 2019
ހޯދާ