މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް
ދިވެހިރާއްޖެ
ޒުވާނުންގެ މަރުކަޒު ތަކުގެ ނަން ބަދަލުކުރުން

އިޢުލާން

 

 

މި މިނިސްޓްރީ އިން  ޒުވާނުންގެ މަރުކަޒުގެ ގޮތުގައި ޤާއިމްކޮށް ހިންގަމުން ގެންދާ މަރުކަޒުތަކުގެ ނަން "އިޖުތިމާއީ މަރުކަޒު" ގެ ނަމަށް މިއަދުން ފެށިގެން ބަދަލުކޮށްފީމެވެ. މި ބަދަލު ގެނައުމަށް ނިންމީ މި މިނިސްޓްރީގެ މެންޑޭޓްގައި ހިމެނޭ މަސައްކަތްތަކަށް ރައީސުލްޖުމްހޫރިއްޔާ ގެންނެވި ބަދަލާ ގުޅިގެން އެތަންތަން ބޭނުން ކުރެވޭނެ ފުރުޞަތު ވީހާ ގިނަ ފަރާތްތަކަށް ފަހިކޮށް ދިނުމުގެ ގޮތުންނެވެ.

ވީމާ، މި މަރުކަޒުތަކުގައި ހިންގާ އެންމެހާ ޕްރޮގްރާމް ދެން އަމާޒުވެގެންދާނީ ޒުވާނުންގެ އިތުރުން ހުރިހާ އުމުރުފުރާއަކަށް ކަމަށްވާތީ، އިޖުތިމާޢީ މަރުކަޒުތަކުގެ ދޮރު ހުރިހާ އުމުރު ފުރާއެއްގެ ރައްޔިތުންނަށް މިއަދުން ފެށިގެން ހުޅުވާލެވިފައިވާ ވާހަކަ ދެންނެވީމެވެ.

ވުމާއެކު، މިބަދަލު ގެނައުމާ ގުޅިގެން އެމަރުކަޒުތަކުގެ ނަން ބޭނުން ކުރަމުން ގެންދާނީ ތިރީގައި މި ދަންނަވާ ގޮތަށެވެ.

މިޡާލު:    އިޖުތިމާއީ މަރުކަޒު . ރ.އުނގޫފާރު

         Community Centre, R.Ungoofaaru

 

                                                                                                              02 ޖުމާދަލްޢޫލާ 1440

08 ޖަނަވަރީ 2019
ހޯދާ