ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

މަޤާމް:              ސެކިއުރިޓީ އޮފިސަރ

ބޭނުންވާ އަދަދު:          2 (ދެއެއް)

މަޤާމުގެ ގިންތި:        ވަގުތީ

ސެކްޝަން:           ކޯޕަރޭޓިވް އެފެއާރޒް

މަޤާމް އޮތް އޮފީސް:     ހައްދުންމަތީ ގަމު ކައުންސިލް އިދާރާ

ވަޒީފާ އަދާކުރަން ޖެހޭ ތަން: ހައްދުންމަތީ ގަމު ކައުންސިލް އިދާރާ

މުސާރަ:                -/3000 ރުފިޔާ

ހާޒިރީ އެލެވަންސް:      -/500 ރުފިޔާ

  ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. ކައުންސިލުން އަންގާގޮތެއްގެ މަތިން މި އިދާރާގެ ސެކިއުޓީ ބެލެހެއްޓުން

މަޤާމުގެ ޝަރުޠުތައް:

  1. ލިޔަންކިޔަން ދަތުމާއެކު މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ގާބިލްކަން ލިބިފައިވުން އަދި މަސައްކަތް ކުރެވޭފަދަ ސިއްހަތެއްގައި ހުރުން.
  2. އުމުރުން 18 (އަށާރަ) އަހަރާއި 60 (ފަސްދޮޅަސް) އަހަރާއި ދެމެދުގެ މީހަކައްވުން. އަދި ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައިވުން.

 ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

1. މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމުގެ ސިފަތައް

2. މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު

 ހުށަހަޅަންޖެހޭ ލިޔުންތައް:

1. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

 މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅާނީ ސިޓީއަކުން މި އިދާރާގެ ކައުންޓަރަށެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 15 ޖަނަވަރީ 2019 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން، މިއިދާރާއަށެވެ. ވަޒީފާއަށް އެދޭ ސިޓީ އަދި ލިޔުންތައް އީމެއިލް މެދުވެރިކޮށް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ،[email protected]  އެވެ.

 މަސައްކަތު ވަގުތު:

މި މަޤާމަށް ހޮވޭ ފަރާތަކުން ދުވާލަކު 8 ގަޑިއިރު މަސައްކަތް ކުރަން ޖެހޭނެއެވެ.

 އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު:

މި މަޤާމުތަކަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2019 ޖަނަވަރީ 16 އަދި 17  މި ދެދުވަހު މިއިދާރާގެ ޖަލްސާކުރާމާލަމުގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ. 

 އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6800766 ނަންބަރު ފޯނާއެވެ.

06 ޖަނަވަރީ 2019
ހޯދާ