ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މުއްދަތު ހަމަވެފައިވާ ތަކެއްޗާއި ބޭނުން ކުރުން މަނާ ކުރެވިފައިވާ މުދާ ނައްތާލުމުގެ އުސޫލާއިގުޅޭ

އިޢުލާން

 

ނަންބަރު:WAMCO-OPS/IUL/2019/001

މުއްދަތު ހަމަވެފައިވާ ތަކެއްޗާއި ބޭނުން ކުރުން މަނާ ކުރެވިފައިވާ މުދާ ނައްތާލުމުގެ އުސޫލާއިގުޅޭ

މިފަހަކަށް އައިސް، މުއްދަތު ހަމަވެފައި ނުވަތަ ބޭނުން ކުރުން މަނާ ކުރެވިފައިވާ ތަކެތީގެ ގޮތުގައި އުފެދޭ ކުނި ނައްތާލުމަށްޓަކައި މާލޭ ޓްރާންސްފަރ ސްޓޭޝަނަށް ގެނައުން އިތުރުވަމުންދާކަން މިކޯޕަރޭޝަނަށް ވަނީ ފާހަގަ ކުރެވިފައެވެ. ނަމަވެސް، އުސޫލެއްގެ ގޮތުން ނައްތާލަންޖެހޭ މިފަދަ ކުނި ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިކޯޕަރޭޝަނުން ކ.ތިލަފުށީގައި ޤާއިމް ކުރެވިފައިވާ ވޭސްޓް ޑިސްޕޯސަލް ސައިޓަށެވެ. އަދި މީގެ އިތުރުން، ލިޔެކިޔުން ފުރިހަމަ ނުވުމުގެ ސަބަބުން މިފަދަ ކުނި ނައްތާލުމުގައި ދަނީ ދަތިތަކާއި ކުރިމަތި ވަމުންނެވެ. އެހެންކަމުން، މުއްދަތު ހަމަވެފައިވާ ތަކެއްޗާއި ބޭނުން ކުރުން މަނާ ކުރެވިފައިވާ ތަކެތީގެ ގޮތުގައި އުފެދޭ ކުނި ވެމްކޯއިން ބަލައިގަތުމުގައި ޚިދުމަތް ހޯދާފަރާތުން އަމަލުކުރަންވީ ގޮތާއި ހުށަހަޅަންޖެހޭ ލިޔެކިޔުމުގެ ތަފްސީލް ތިރީގައި އެވަނީއެވެ.

 

މިފަދަ ކުނި ނައްތާލުމުގައި އަމަލު ކުރަންވީ އުސޫލު

ހ. މުއްދަތު ހަމަވެފައި ނުވަތަ ބޭނުން ކުރުން މަނާ ކުރެވިފައިވާ ތަކެތި ނައްތާލުމަށް މިކޯޕަރޭޝަނަށް ލިޔުމުން ހުށަހެޅުމުން، އެ ހުއްދައާއި ކުނި ނައްތާލުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ފޯމު ޚިދުމަތަށް އެދުނު ފަރާތަށް ދެވޭނެއެވެ.

ށ. ކުނި ނައްތާލުމުގެ ހުއްދަ މިކޯޕަރޭޝަނުން ލިބުމުން، ނައްތާލުމަށް ބޭނުންވާ ކުނި ތިލަފުއްޓަށް ގެންދިއުމުގެ ހުރިހާ އިންތިޒާމެއް ހަމަޖައްސާނީ ޚިދުމަތް ހޯދާފަރާތުންނެވެ.

ނ. ކުނިގެންދާ އުޅަނދު ތިލަފުށްޓަށް ދިޔުމުގެ ކުރިން، އެއުޅަނދެއް ދާނެ ދުވަހާއި ގަޑި ތިލަފުށީގައި ޤާއިމްކުރެވިފައިވާ މިކޯޕަރޭޝަންގެ އޮފީހަށް އަންގަންވާނެއެވެ.

ރ. ހަމަޖެހިފައިވާ އުސޫލުން ޑިސްޕޯސަލް ފީ ދެއްކުމުން، ކުނި ނައްތާލުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް މިކޯޕަރޭޝަންގެ އެހީތެރިކަން ލިބޭނެއެވެ.

 

ކުނި ނައްތާލުމުގެ ހުއްދައަށް އެދުމަށް ވެމްކޯގެ ހެޑް އޮފީހަށް ހުށަހަޅަންޖެހޭ ލިޔެކިޔުން

ހ. ކުނި ނައްތާލުމުގެ ޚިދުމަތަށް އެދި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އަށް އެޑްރެސްކޮށް ހުޅަހަޅާ ސިޓީ.

ށ. ނައްތާލުމަށް ބޭނުންވާ ކުނީގެ ބާވަތް ބަޔާން ކުރުމާއި އެކު އެތަކެތީގެ ތަފްޞީލީ ލިސްޓެއް.

ނ. މުއްދަތު ހަމަވެފައި ނުވަތަ ބޭނުން ކުރުން މަނާ ކުރެވިފައިވާ ތަކެތި ނައްތާލަނީ ކަމާބެހޭ މުއައްސަސާއަކުން އަންގައިގެން ކަމުގައި ވާނަމަ މިކަން ކުރުމަށް އެފާރާތުން އަންގާފައިވާ ލިއުމުގެ ކޮޕީއެއް.

 

ކުނި ނައްތާލުމަށްޓަކައި ވެމްކޯގެ ކ. ތިލަފުށީ ސައިޓް އޮފީހަށް ހުށަހަޅަންޖެހޭ ލިޔެކިޔުން

ހ. ކުނި ނައްތާލުމަށް ވެމްކޯއިން ޚިދުމަތް ހޯދާފަރާތަށް ހުއްދަ ދީފައިވާ ސިޓީގެ ކޮޕީ.

ށ. ފުރިހަމަ ކޮއްފައިވާ ޑިސްޕޯސަލް ފޯމް.

ނ. ކުނި ބަރުކޮށްގެން ގެންދާ އުޅަނދުގެ ރަޖިސްޓަރީ ކޮޕީ.

 

30 ރަބީޢުލްއާޚިރު 1440

06 ޖަނަވަރީ 2019

06 ޖަނަވަރީ 2019
ހޯދާ