މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
އިޢުލާން

                                                   ނަންބަރު:  IUL)MMPRC/1/2018/49) 

 

 

އިޢުލާން

 

 

               2019 ވަނަ އަހަރުގެ މާރިޗު މަހުގެ 06 ން 10 ގެ ނިޔަލަށް ޖަރުމަނުވިލާތުގެ ބާރލިންގައި އޮންނަ އައި.ޓީ.ބީ ފެއަރގައި، ރާއްޖޭގެ ސްޓޭންޑްގައި ދިވެހިރާއްޖޭގެ ސަޤާފީ ހުށަހެޅުމަކާއެކު، ހުނަރުވެރިކަން ދައްކުވައިދޭނޭ ހަރަކާތެއް ރާވައި ހިންގާދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. އަދި މި މަސައްކަތް ކޮށްދިނުމަށް ހޮވޭ ފަރާތަކަށް، ދެކޮޅު ޓިކެޓާއި، ހުރުމުގެ ޚަރަދާއި، ޕޮކެޓް މަނީ، މި ކޯޕަރޭޝަނުން ފޯރުކޮށްދޭނެއެވެ.

 

               ވީމާ، މި  މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2019 ޖަނަވަރީ 03ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:30 އަށް، މަޖީދީމަގުގައި ހުންނަ މިކޯޕަރޭޝަނަށް (ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ހިންގި އިމާރާތުގެ ފުރަތަމަ ފަންގިފިލާ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2019 ޖަނަވަރީ 10 ވާ ބުރާސްފަތި ދުވަހުގެ 11:30 އަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލާނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.  އިތުރު މަޢްލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ މިކޯޕަރޭޝަންގެ 3323228 ނަންބަރު ފޯނާއެވެ.

 

 

 

20 ރަބީޢުލްއާޚިރް 1440

27 ޑިސެމްބަރ 2018

27 ޑިސެންބަރު 2018
ހޯދާ