ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ޚިދުމަތް މެދުކަނޑާލުމާގުޅޭ

ސަރކިއުލަރ

 

WAMCO-CSD/CIR/2018/004

ޚިދުމަތް މެދުކަނޑާލުމާގުޅޭ

ވެމްކޯގެ ޚިދުމަތް ހޯދަމުންދާ ހައުސްހޯލްޑް އަދި ކޮމާރޝަލް ކަސްޓަމަރުންގެ ބިލް ކޮންމެ މަހެއް ނިމުމުން، ފެށޭ މަހުގެ ފުރަތަމަ ހަފުތާ ތެރޭގައި ތައްޔާރުކުރެވި، ބިލް ތައްޔާރުވިކަން އީމެއިލް ނުވަތަ އެސް.އެމް.އެސް މެދުވެރިކޮށް ކަސްޓަމަރުންނަށް އެންގޭނެއެވެ. ބިލް ތައްޔާރުވިކަމުގެ އީމެއިލް ނުވަތަ އެސް.އެމް.އެސް ކަސްޓަމަރުންނަށް ލިބޭ ތާރީޚުން ފެށިގެން 10 ދުވަހުގެ ތެރޭގައި ފައިސާ ދައްކަންވާނެއެވެ. މި މުއްދަތުގެ ތެރޭގައި ފައިސާ ނުދައްކާ ކަސްޓަމަރުންނަށް ވެމްކޯއިން ދެމުންދާ ޚިދުމަތް، ތިރީގައިވާ މަރުހަލާތަކަށްފަހު، މެދުކަނޑާލެވޭނެ ކަމުގައި ދަންނަވަމެވެ.

ބިލަށް ފައިސާ ނުދައްކާ 2 ހަފުތާއަށްވުރެ ގިނަ ދުވަސް ވެފައިވާނަމަ، ބިލަށް ފައިސާ ދެއްކުމަށް އެދި "ފުރަތަމަ ނޯޓިސް" އީމެއިލް މެދުވެރިކޮށް ކަސްޓަމަރަށް ފޮނުވޭނެއެވެ. އަދި ފުރަތަމަ ނޯޓިސްގެ މުއްދަތުގެ ތެރޭގައި ފައިސާ ދައްކާފައި ނުވާނަމަ، ޚިދުމަތް މެދުކަނޑާލެވޭނެކަން އަންގައި "ފައިނަލް ނޯޓިސް" ފޮނުވޭނެއެވެ.

ފައިނަލް ނޯޓިސްގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ފައިސާ ދައްކާފައި ނުވާނަމަ، ޚިދުމަތް ވަގުތީގޮތުން މެދުކަނޑާލެވޭނެއެވެ. ޚިދުމަތް މެދުކަނޑާލުމަށްފަހު އަލުން ޚިދުމަތް ފެއްޓޭނީ ދައްކަންޖެހޭ ހުރިހާ ބިލްތަކަށް ފައިސާ ދައްކާ ޚަލާސްކުރުމުން ކަމުގައި ދަންނަވަމެވެ.

މި ސަރކިއުލަރ އަށް ޢަމަލުކުރަން ފަށާނީ 01 ޖަނަވަރީ 2019 އިން ފެށިގެންނެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް އަޅުގަނޑުމެންގެ ހޮޓްލައިން 1666 އަށް ގުޅުއްވުން އެދެމެވެ.

 

20 ރަބީއުލް އާޚިރު 1440

27 ޑިސެންބަރު 2018

27 ޑިސެންބަރު 2018
ހޯދާ