ނާލާފުށީ ސްކޫލް
ދިވެހިރާއްޖެ
2019 ވަނަ އަހަރުގެ ކިޔެވުންފެށޭއިރަށް ކުރަންޖެހޭ ބައެއް މަރާމާތު

2019 ވަނަ އަހަރުގެ ކިޔެވުން ފެށުމުގެކުރިން ކުރަންޖެހޭ ބައެއް މަރާމާތު މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދެއްވާނެ ފަރާތްތެއް ހޯދަން ބޭނުންވެއެވެ.

ކުރުމަށް ހަމަޖެހިފައިވާ މަސައްކަތް ތަކުގެ މަޢުލޫމާތު ތިރީގައި މިވަނީއެވެ.

  • ފާހާނާތަކުގެ ދޮރުތަށް ބަދަލުކުރުން
  • ސްކޫލުގެ ދެކުނު ފަރާތުގައި އާގޭޓެއްހަދައި، އުތުރުފަރާތު ގޭޓް މަރާމާތުކުރުން.
  • ކްލާސްރޫމް ތަކަށް ފަންކާ އިތުރުކުރުން.
  • ޕްރިންސިޕަލްގެ ކެބިންއެއް އޮފީހާއި އިންވެގެން ހެދުން.

ވީމާ،  މިމަސައްކަތްތަށް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ގޮތުގެ މަތިން އަންދާސީހިސާބު ހުށައެޅުއްވުން އެދެމެވެ.

ތަފްޞީލް

ތާރީޚު

ގަޑި

ތަން    

މައުލޫމާތު ދިނުމުގެ ބައްދަލުވުން

13 ޑިސެމްބަރ 2018

ބުރާސްފަތި

13:00

ނާލާފުށީ ސްކޫލް

އަންދާސީ ހިސާބު ހުށައެޅުން

18 ޑިސެމްބަރ 2018

އަންގާރަ

13:00

ނާލާފުށީ ސްކޫލް

އިތުރު މަޢުލޫމާތު ސާފުކުރުމަށް މި ސްކޫލްގެ ނަމްބަރ 7952907 ފޯނާ ގުޅުއްވުން އެދެމެވެ.

             03 ރަބީޢުލްއާޙިރު 1440

              10 ޑިސެމްބަރ 2018

10 ޑިސެންބަރު 2018
ހޯދާ