ރަސްގެތީމް ސްކޫލް
ދިވެހިރާއްޖެ
2019 ވަނަ އަހަރު މިސްކޫލްގެ އިސްވެރިޔާ ހުންނަވާނެ ގެ ކުއްޔަށް ހިފުމާބެހޭ

`

ރަސްގެތީމް ސްކޫލް

ރ.ރަސްގެތީމް                                           ނަމްބަރު: GS121/IUL/2018/27

                                              ތާރީޚު: 10 ޑިސެންބަރ 2018

އިޢުލާން

ގެއެއް ކުއްޔަށް ހިފުމާ ބެހޭ

 މި ސްކޫލަށް ގެއެއް ކުޔަށް ދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިސްކޫލްގެ ނަންބަރ GS121/IUL/2018/25 އިޢުލާނާއިގުޅިގެން މަޢުލޫމާތު ސާފުކުރުމަށް އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ، އެ އިޢުލާން ބާޠިލުކޮށް 2 ވަނަ ފަހަރަށް އިޢުލާންކުރަމެވެ.

މި ސްކޫލަށް 2 ކޮޓަރީގެ ގެއެއް ކުއްޔަށް ހިފަން ބޭނުންވެއްޖެއެވެ.

މިތަނަކީ 2 ކޮޓަރި (ފާޚާނާއާއިއެކު)، ސިޓިންގރޫމް، ބަދިގެ (ވަކިން ކައްކާ ކެވޭގޮތަށް) އަދި ގެއަށް ބޭނުންވާ ފަރުނީޗަރާއި ހިފާގެންގުޅޭ ތަކެތި ހަމައަށްހުރި ގެއެއް ކަމުގައި ވާންޖެހޭނެއެވެ. ކަރަންޓާއި ބޯފެން ފަދަ ވަސީލަތްތައް ގެއިން ލިބެން ހުންނަން ޖެހޭނެއެވެ. އަދި ގޭގެ ވަށާފާރު 5 ފޫޓަށްވުރެ އުސްކޮށް ރާނާފައި ހުންނަން ޖެހޭނެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ތިރީގައި މިދަންނަވާ ގަޑިތަކަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. 

2018 ޑިސެމްބަރ 18 ވާ އަންގާރަ ދުވަހުގެ 10:00 އަށް

މަޢުލޫމާތު ދިނުން

2018 ޑިސެމްބަރ 24 ވާ ހޯމަ ދުވަހުގެ 10:00 އަށް

އަންދާސީ ހިސާބު ހުށަހެޅުން

މަޢުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ހުށަހެޅުން އޮންނާނީ މި ސްކޫލްގަ އެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމަށް، ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ، އެކަން އެނގޭނެ ލިޔުމަކާއެކު، ބަދަލުގައި ފޮނުވާ ފަރާތެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ހުށަހަޅުއްވަންވާނެއެވެ. މަޢުލޫމާތު ސާފުކުރުމާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ބޭފުޅަކަށްވެސް ބައިވެރިވެވޭނީ ކޮންމެވެސް އެއް ހައިސިއްޔަތަކުންނެވެ.

އަދި މިކަމަށް އެދި ކުރިމަތިލެވޭނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބާއި، ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. 

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ސްކޫލުގެ ނަންބަރު 6580361 އަށް ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.        

10 ޑިސެންބަރ 2018

10 ޑިސެންބަރު 2018
ހޯދާ