މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ބިއުރޯ އެސިސްޓެންޓް

 

އިޢުލާން

 

މި މިނިސްޓްރީގެ ތިރީގައި މި ދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއެވެ. މިވަޒީފާ އަކީ ކޮންޓްރެކްޓް އުޞޫލުން މަސައްކަތް ކުރަންޖެހޭ ވަޒީފާއެކެވެ.

 

މަޤާމު

ބިއުރޯ އެސިސްޓެންޓް

ބޭނުންވާ އަދަދު

01 (އެކެއް)

މަޤާމުގެ ގިންތި

ވަގުތީ

މުއްދަތު

1 އަހަރު ދުވަސް (ކޮންޓްރެކްޓް)

މަޤާމު އޮތް އޮފީސް

މިނިސްޓްރީ އޮފް ހެލްތު

ވަޒީފާ އަދާކުރަންޖެހޭ ތަން

މިނިސްޓްރީ އޮފް ހެލްތު

މުސާރަ

-/8,000 ރުފިޔާ

އެލަވަންސް

-/7,000 ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. މިނިސްޓަރގެ އެޕޮއިންޓްމަންޓްތަކުގެ އެންމެހާ ކަންކަން ހަމަޖައްސާ އިންތިޒާމުކުރުން.
  2. މިނިސްޓަރ ކުރައްވާ ދަތުރުތަކުގައި ގުޅުންހުރި ފަރާތްތަކާއި މުއާމަލާތްކޮށްގެން އެންމެހާ އިންތިޒާމްތައް ހަމަޖެއްސުން.
  3. މިނިސްޓަރ ބައިވެރިވެލައްވާ ޖަލްސާ، ބައްދަލުވުމާއި، މީޓިންގތަކުގެ މިނިސްޓަރ އާއި ގުޅުންހުރި އެންމެހާ ކަންކަން ހަމަޖެއްސުން.
  4. މިނިސްޓަރގެ އެކިއެކި ސްޕީޗްތައް ތައްޔާރުކުރުމާއި ގުޅުންހުރި މައުލޫމާތުތައް ހޯދާ ތައްޔާރުކޮށް ބެލެހެއްޓުން.
  5. މިނިސްޓަރ ބައިވެރިވެވަޑައިގަންނަވާ މީޓިންގތަކުގެ ޔައުމިއްޔާ ލިޔެ ގުޅުންހުރި ފަރާތްތަކާއި މުއާމަލާތްކޮށް ތަންފީޒުކުރުމުގެ އެންމެހާ ކަންކަން ކުރުން.
  6. މިނިސްޓަރ ރަސްމީކޮށް ބޭނުންކުރަ އުޅަނދުތަކާއި އެހެނިހެން ވަސީލަތްތަކުގެ އެންމެހާ ކަންކަން ބަލަހައްޓާ ޚިދުމަތަށް ދަތިނުވާނެ ގޮތުގެމަތިން އިންތިޒާމުކޮށް ބެލެހެއްޓުން.

މަޤާމުގެ ޝަރުތުތައް

މެނޭޖްމަންޓް ނުވަތަ ޞިއްޙީ ދާއިރާ އަކުން ދަށްވެގެން ޑިޕްލޮމާ އެއް ހާސިލް ކުރައްވާފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ވަޒީފާއަށް އެދޭ ސިޓީ
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ކޮޕީ.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ  (ރާއްޖެއިން ބޭރުގެ ކޯހެއްނަމަ އެކްރެޑިޓް ކޮށްފައިވާ) ކޮޕީ.
  5. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 13 ޑިސެންބަރު 2018 ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން، މިނިސްޓްރީ އޮފް ހެލްތު ކައުންޓަރަށެވެ.

 

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ، 2018 ވަނަ އަހަރުގެ ޑިސެންބަރު މަހު މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ  ބިލްޑިންގ) ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތްތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނީ 3014437 ނަންބަރު ފޯނަށެވެ.

 

 

 

                                                   

04 ޑިސެންބަރު 2018
ހޯދާ