މާޅޮސްމަޑުލު ދެކުނުބުރީ މާޅޮހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ބަނދަރުހިޔާ" ގެ ނުނިމިހުރި މަސައްކަތްތައްކުރުން

"ބަނދަރުހިޔާ" ގެ ނުނިމިހުރި މަސައްކަތްތައްކުރުން

      ބ.މާޅޮހު ބަނދަރުގެ ސަރަހައްދުގައި ޢިމާރާތްކުރަމުންގެންދާ "ބަނދަރުހިޔާ" ގެ ނުނިމިހުރި މަސައްކަތްތައް ނިންމަން ބޭނުންވެގެން ދެވަނަފަހަރަށް ކުރެވުނު އިޢުލާނަށް އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރައްވާފައިނުވާތީ އެއިޢުލާނު ބާޠިލްކޮށް އަލުން އިޢުލާނުކުރަމެވެ.

ވީމާ މިމަސައްކަތްތައް ކޮށްދިނުމަށް ޝައުޤުވެރިލައްވާ ފަރާތްތަކުން 04 ޑިސެމްބަރ 2018 ވާ އަންގާރަ ދުވަހުގެ 11:00ށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 06 ޑިސެމްބަރ 2018 ވާ ބުރާސްފަތިދުވަހުގެ 11:00ށް އަގު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުނުކުރައްވާ ހުށަހަޅުއްވާ އެސްޓިމޭޓްތައް އަދި ގަޑިޖެހުމުގެފަހުން ހުށަހަޅުއްވާ އެސްޓިމޭޓް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު:

  • ބ.މާޅޮހު ކައުންސިލްގެ އިދާރާ، ފޯން: 6600056، 9555951، 9907875
  • އީމެއިލް: [email protected]

 

މާރކްސް ދެވޭނެ ގޮތް:

އަގު:    %90

މުއްދަތު:  ނނ

              23 ރަބީއުލްއައްވަލް    1440

              02 ޑިސެމްބަރ       2018 

02 ޑިސެންބަރު 2018
ހޯދާ