ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
އެސިސްޓެންޓް ލީގަލް އޮފިސަރ (ދ.ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓު)

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން

   ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް

          މާލެ،ދިވެހިރާއްޖެ.

                       

ވަޒީފާގެ ފުރުޞަތު

ނަންބަރު:110/ 2018/ 198A

ތާރީޚް: 26 ނޮވެންބަރު 2018

މަޤާމު

އެސިސްޓެންޓް ލީގަލް އޮފިސަރ

ރޭންކް: އެލް.އެސް 2

ޢަދަދު

1

މަސައްކަތްކުރަންޖެހޭ ތަން

ދ.ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓު

އަސާސީ މުސާރަ

-/9412 ރުފިޔާ

އެލަވަންސް

- ޖުޑީޝަލް އެލަވަންސް: މުސާރައިގެ %40 (3,764.80)

- ސަރވިސް އެލަވަންސް: -/3,000

- ލިވިންގ އެލަވަންސް:  -/2,550

- ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ.

- ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ. 

އަސާސީ ޝަރުޠު

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށް ދިނުމާއެކު، ޝަރީޢަތާއި ޤާނޫނު ނުވަތަ ޝަރީޢާ ނުވަތަ ޤާނޫނުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާސިލުކޮށްފައިވުން.

މަޤާމުގެ މައިގަނޑު މަސައްކަތްތައް

 

1- ޝަރުޢީ ސެކްޝަންގެ މަސައްކަތްތައް ރާވައި އިންތިޒާމްކޮށް، ސެކްޝަންގައި ޤާނޫނީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް އިސްވެކުރުން.

2- ކޯޓަށް ހުށަހެޅޭ މައްސަލަތައް ބަލައިގަތުމުގެ ކުރިން މައްސަލަތައް ދިރާސާކުރުމާއި، ދިރާސާކުރުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުން.

3- ކޯޓަށް ހުށަހެޅޭ ވަރި، ކާވެންޏާއިބެހޭ ފޯމްތަކާއި، އެގްރިމެންޓް ރަޖިސްޓްރީކުރުމާއިގުޅޭ އިދާރީ މަސައްކަތްތައް ސެކްޝަނުގެ އިސްމުވައްޒަފެއްގެ ހައިސިއްޔަތުން ކުރުން.

4- ކޯޓަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން ފިޔަވަޅުތައް އެޅުމުގައި މެޖިސްޓްރޭޓުންނަށް އެހީތެރިވެދިނުން.     

5- އެކިއެކި ކޯޓުތަކުން ބަޔާން ނެގުމަށާއި މީހުން ޙާޟިރުކޮށްދެއްވުމަށް އަންނަ މެސެޖުތަކަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި މެޖިސްޓްރޭޓުން އަންގަވާ ގޮތެއްގެ މަތިން ބަޔާންތައް ނެގުން.

6- ނިމޭ ޤަޟިއްޔާތަކާއި ގުޅިގެން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެޅުމުގައި ސެކްޝަންގެ އިސްމުވައްޒަފެއްގެ ހައިޘިއްޔަތުން މަސައްކަތްކުރުން.

7- ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ފޮނުވަންޖެހޭ ފަރާތްތަކަށް ކަނޑައެޅިފައިވާ މުއްދަތުގައި ފޮނުވުމާއި އަދި ރިޕޯޓު ހޯދުން އެދޭ ފަރާތްތަކަށް ދޫކުރުމަށް ހަމަޖެހިފައިވާ މުއްދަތުގައި ޤަވާއިދުން ދޫކުރުން.

8- ޝަރީޢަތާއިބެހޭ ބަޔާންތައް ނަގައި،ބަޔާންތައް ތައްޔާރުކުރުން.

9- ދާއިރާގެ ޝަރުޢީ ރިޕޯޓުތައް ތައްޔާރު ކުރުމާއި އަދި ރިޕޯޓުތައް ފޮނުވަންޖެހޭ ތަންތަނަށް ފޮނުވުން.

10- މިކޯޓުން ރިކޯޑު ސާފުކޮށްދޭންޖެހޭ ފަރާތްތަކުގެ ރެކޯޑު ސާފުކޮށްދިނުން.

11- ނިޔާކަނޑުއަޅާ މައްސަލަތަކުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ޑްރާފްޓުކުރުން.

12-  އިސްމެޖިސްޓްރޭޓުގެ މަޝްވަރާގެ މަތިން ކޯޓުން ހަދާ ޤަވާޢިދުތަކާއި އުޞޫލުތައް ޑްރާފްޓުކޮށް އެކުލަވާލުމުގެ މަސައްކަތްކުރުން.

13- އިސްމެޖިސްޓްރޭޓް ނުވަތަ އިސްމެޖިސްޓްރޭޓުގެ މަސްއޫލިއްޔަތާއި ޙަވާލުވެހުންނެވި މެޖިސްޓްރޭޓުގެ ލަފަޔާއި މަޝްވަރާގެ މަތިން ސެކްޝަންގެ މަސައްކަތްތައް ވިލަރެސްކުރުން.

14- އަދި މީގެ އިތުރުންވެސް ކޯޓުގެވެރިން ޙަވާލުކުރާ ރަސްމީ މަސައްކަތްތައް ކުރުން.

 

ހުށަހަޅަންޖެހޭ ތަކެތި

1- ޝަރުޢީދާއިރާގެ ވަޒީފާއަށް އެދޭ ފޯމް     

2- ކުރިމަތިލާ ފަރާތުގެ ވަނަވަރު

3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

4- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު ބަލާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ޓްރާސްކްރިޕްޓްގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

5- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައެޅިފައިވާ ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވިކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން  ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް. (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

6-އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްއޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

ސުންގަޑި

2018 ޑިސެމްބަރ 5 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ނުވަތަ ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުއްވުން އެދެމެވެ.  

އިތުރު މަޢުލޫމާތު

  • މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމް މިޑިޕާޓްމަންޓާއި ދ.ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގެ ކައުންޓަރުންނާއި، މިޑިޕާޓްމަންޓުގެ ވެބްސައިޓް: www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ.
  •  މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރ: 3006281 ، 6760575
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެންނައުމަށް ދެންނެވީމެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް

އެސިސްޓެންޓް ލީގަލް އޮފިސަރ މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވާނީ ލިބިފައިވާ ތަޢުލީމާއި، ތަޖުރިބާއާއި، މަސައްކަތަށް ބޭނުންވާ ހުނަރާއި، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށާއި ޤާބިލްކަން ކަށަވަރު ކުރުމަށްޓަކައި ކުރެވޭ އިންޓަރވިއު އަށް ބަލައެވެ. މިގޮތުން މިބައިތަކަށް މާކްސް ކަނޑައެޅިފައިވަނީ:

  • ލިބިފައިވާ ތައުލީމް: %40
  • މަސައްކަތުގެ ތަޖްރިބާ: %8
  • އިންޓަރވިއު އާއި މަސައްކަތަށް ބޭނުންވާ ހުނަރަށް : %40
  • ޝަރުޢީދާއިރާގައި މަސައްކަތްކުރާ މުވައްޒަފެއްނަމަ އެފަރާތެއްގެ މަސައްކަތު އަޚްލާޤާއި،  ޕަރފޯމެންސަށް: % 12

މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް

  • ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭ، އަތޮޅުގެ އެހެން ކޯޓުތަކަށް ދަތުރު ކުރަންޖެހޭ ހާލަތެއްގައި ދަތުރު ކުރެވޭނެފަދަ ސިއްޙީ ހާލަތެއްގައިހުރި ފަރާތަކަށްވުން.
  • މައިކްރޯސޮފްޓް އޮފީސް ޕްރޮފެޝަނަލް ޕެކޭޖް ޕޮރޮފެޝަނަލް ފެންވަރެއްގައި ފަރިތަކަމާއިއެކު ބޭނުން ކުރަން އެނގޭ ފަރާތަކަށްވުން.
  • ޤާނޫނު އަސާސީއާއި، ކޯޓުތަކާއި ބެހޭ ޤާނޫނާއި، ފަނޑިޔާރުންގެ ޤާނޫނާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނު އަދި  ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނިންމުންތަކާއި ޝަރީޢަތް ކުރުމާއި ބެހޭ ޤަވާޢިދަށް އަހަލުވެރި ފަރާތަކަށްވުން
  • ދަޢުލަތުގެ މާލިއްޔަތުގެ ޤަވާޢިދާއި، ވަޒީފާއާ ބެހޭ ޤާނޫނާއި، ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާއިދަށް އަހުލުވެރި ފަރާތަކަށްވުން.
  • ދައުލަތުގެ އިދާރާއަކުން ނުވަތަ ދައުލަތުގެ ސަލާމަތީ އިދާރާއަކުން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކާއި ބެކްގްރައުންޑް ޗެކްކުރުމުން ފާސްނުވާ ފަރާތްތަކަށް އިސްކަމެއް ނުދެވޭނެއެވެ.
26 ނޮވެންބަރު 2018
ހޯދާ