ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
މާލެ އިންޑަސްޓްރިއަލް ވިލެޖްގައި ހުރި އެސް.ޓީ.އޯ ޕލކގެ "ރެޑީ މިކްސް ބެޗިންގ ޕްލާންޓް" ސައިޓްގެ 2 ވަނަ ފިޔަވަހީގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

ވީމާ، މި ބާވަތުގެ މަސައްކަތް ކުރުމުގެ ފަންނީ އަދި އަމަލީ ތަޖްރިބާ ހުރި ފަރާތްތަކަށް ފުރުސަތު ހުޅުވާލަމެވެ.

މަސައްކަތުގެވެރިފަރާތް:   ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ

ކުރަންޖެހޭ މަސައްކަތް:   ދެވިފައިވާ ކުރެހުމާއި ބީއޯކިއު އަދި މަޢުލޫމާތަށް ރިއާޔަތްކޮށް؛

-  ސިމެންތި ގުދަން އެޅުން

- އޮފީސް އަދި އެކޮމޮޑޭޝަން އިމާރާތް އެޅުން

- މެޓީރިއަލް ސްޓޯރޭޖް އެޅުން

- ގްރައުންޑު ސްލެބް އެޅުން، ސެޑިމެންޓޭޝަން ޓޭންކް ހެދުން އަދި ސައިޓްގެ އެމްއީޕީ މަސައްކަތް ކުރުން

ރަޖިސްޓަރީކުރުންރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން 2018 ނޮވެމްބަރ 22 ވާ ބުރާސްފަތި ދުވަހުގެ 11:00 ގެ ކުރިން އެސް.ޓީ.އޯ ހެޑް އޮފީހަށް ދުރުވެ ރަޖިސްޓަރީ ކުރައްވަންވާނެއެވެ.

ބީލަންކަރުދާސްދޫކުރުން: ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2018 ނޮވެމްބަރ 22 ވާ ބުރާސްފަތި ދުވަސް ނިމުމުގެ ކުރިން އީމެއިލުންނެވެ.

މައުލޫމާތުދިނުން: ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް 2018 ނޮވެމްބަރ 25 ވާ އާދީއްތަ ދުވަހުގެ 15:00 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް އެސް.ޓީ.އޯ ހެޑް އޮފީހުގައި އޮންނާނެއެވެ.

ސުވާލާއިޖަވާބުރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވާ ސުވާލުތައް 2018 ނޮވެމްބަރ 27 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ފޮނުވަންވާނެއެވެ. އަދި 2018 ނޮވެމްބަރ 28 ވާ ބުދަ ދުވަސް ނިމުމުގެ ކުރިން ޖަވާބުދާރީ ވެވޭނެއެވެ.

ބީލަންކަރުދާސްބީލަންކަރުދާސް ހުޅުވުން އޮންނާނީ 2018 ޑިސެމްބަރ 04 ވާ އަންގާރަ ދުވަހުގެ 14:00 ގައި އެސް.ޓީ.އޯ ހެޑް އޮފީހުގައެވެ. ބީލަން ކަރުދާސް ހުށަހެޅުމުގެ ސުންގަޑީގެ ފަހުން ހުށަހަޅާ ބީލަން ކަރުދާސްތަކާއި، މަޢުލޫމާތު ފުރިހަމަނުވާ ބީލަން ކަރުދާސްތައް ބަލައިނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.

އިތުރުމަޢުލޫމާތުހޯއްދެވުމަށްގުޅުއްވާނީ:

ފޯނު: 3344321, 3344295

ފެކްސް:  3344633

އީމެއިލް: [email protected]

15 ނޮވެންބަރު 2018
ހޯދާ