ދާންދޫ ސްކޫލް
ދިވެހިރާއްޖެ
ދާންދޫ ސުކޫލް ގެ 2019 ވަނައަހަރުގެ ސެކިއުރިޓީ ބެލެހެޓުމާއިގުޅޭ

 


ތާރީޚް:15 ނޮވެމްބަރ 2018                                          ނަންބަރު:GS-199/IUL- 2018/25

ދާންދޫ ސުކޫލް ގެ 2019 ވަނައަހަރުގެ ސެކިއުރިޓީ ބެލެހެޓުމާއިގުޅޭ

 

ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

2019 ވަނަ އަހަރުގެ ޖަނަވަރީ 1 އިން ފެށިގެން 1 އަހަރުދުވަހުގެ މުއްދަތަށް މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

        ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަންބަރު: 18/2014 ) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ( ޤާނޫނު ނަންބަރު: 19/2014 ) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، މި ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ދިނުމާއި އަންދާސީހިސާބު ހުށަހެޅުއްވުމުގެ ބައްދަލުވުން އޮންނާނީ މި ސްކޫލުގައެވެ.

މަޢުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ހުށަހެޅުމަށް ހާޒިރުވާންޖެހޭ ތާރީޚާއި ގަޑި ތިރީގައި މިދަންނަވަނީއެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

ބިޑް ހުށަހެޅުމުގެ ބައްދަލުވުން

21 ނޮވެމްބަރ 2018 ވާ ބުދަ ދުވަހު 10:00

27 ނޮވެމްބަރ 2018 ވާ އަންގާރ ދުވަހު 10:00

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމަށް، ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، އެފަރާތަކީ ކާކުކަން ބަޔާންކޮށް، އެފަރާތެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއަކާއެކު ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ. އަދި ދުރުވާ ބޭފުޅެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަންވާނެއެވެ.

މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކަށާއި، ދެންވިފައިވާ ގަޑީގެ ކުރިންނާއި ފަހުން އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެވާހަކަ ދަންނަވަމެވެ.

15 ނޮވެމްބަރ 2018

 

-އިދާރާ-

15 ނޮވެންބަރު 2018
ހޯދާ