ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ކުނި ނެގުމުގެ ޚިދުމަތް ވަގުތީގޮތުން މެދުކަނޑާލުމާގުޅޭ

ސަރކިއުލަރ

ނަންބަރު:WAMCO-CRD/CIR/2018/003

ކުނި ނެގުމުގެ ޚިދުމަތް ވަގުތީގޮތުން މެދުކަނޑާލުމާގުޅޭ

ގޭބިސީ، ބިލްޑިންގ/ރިއަލް އެސްޓޭޓް، ވިޔަފާރި، އަދި މުއައްސަސާތަކުން ހޯދަމުން އަންނަ ވެމްކޯގެ ކުނި ނެގުމުގެ ޚިދުމަތް ވަގުތީގޮތުން މެދުކަނޑާލުމަށް ބޭނުންވާނަމަ، 'ކުނި ނެގުމުގެ ޚިދުމަތް ވަގުތީގޮތުން މެދުކަނޑާލުމަށް އެދޭ ފޯމު' ފުރިހަމަ ކުރުމަށްފަހު، ޚިދުމަތް މެދުކަނޑާލުމަށް ބޭނުންވާ ތާރީޚުގެ 5 ދުވަސް ކުރިން ވެމްކޯއަށް ހުށަހަޅަންވާނެއެވެ.

ކުނި ނެގުމުގެ ޚިދުމަތް ވަގުތީގޮތުން މެދުކަނޑާލުމަށް އެދެވޭނީ ޚިދުމަތް މެދުކަނޑާލަން ބޭނުންވާ މުއްދަތު 5 ދުވަހަށްވުރެ އިތުރު ވާނަމައެވެ.

'ކުނި ނެގުމުގެ ޚިދުމަތް ވަގުތީގޮތުން މެދުކަނޑާލުމަށް އެދޭ ފޯމު' ވެމްކޯގެ ހެޑް އޮފީހާއި، ކަސްޓަމަރ ފްރަންޓް އޮފީސްތަކުންނާއި ވެމްކޯގެ ވެބްސައިޓް www.wamco.com.mv އިން ލިބޭނެއެވެ.

މި ސަރކިއުލަރއަށް ޢަމަލުކުރަން ފަށާނީ 08 ނޮވެންބަރު 2018 އިން ފެށިގެންނެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، 1666 ގުޅުއްވުން އެދެމެވެ.

30 ޞަފަރު  1440
08 ނޮވެންބަރު 2018

08 ނޮވެންބަރު 2018
ހޯދާ