މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ހުޅުމާލޭ ނޭބާރހޫޑް 1 ސްކޫލްގެ ބައެއް ކްލާސްރޫމްތަކުގައި އަމިއްލަތަކެތީގައި ޓައިލްސް ޖަހައިދޭނެ ފަރާތެއް ހޯދުމަށް

                                       އިޢުލާން ނަންބަރ:  203/IUL)22-G/22/2018)

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

  • ހުޅުމާލޭގައި އިމާރާތްކުރެވުނު N-1  ސްކޫލްގެ އޭ ބްލޮކްގެ 2 ވަނަ އަދި 3 ވަނަ ފަންގިފިލާގައި ހުރި ކްލާސްރޫމްތަކުގައާއި ބީ ބްލޮކްގެ 2 ވަނަ ފަންގިފިލާގައި ހުރި 2 ސެން ކްލާސްރޫމްގައި އަމިއްލަތަކެތީގައި ޓައިލްސް ޖަހައިދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތައް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާން ކުރެވިފައިވާނެއެވެ.

 

  • މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 7 ނޮވެމްބަރ 2018 އިން 12 ނޮވެމްބަރ 2018 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ.

 

  • މިމަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 13 ނޮވެމްބަރ 2018 އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

 

  • މިމަސައްކަތާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 14 ނޮވެމްބަރ 2018 ވާ ބުދަ ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފިޒިކަލް ފެސިލިޓީސް ޑެވެލޮޕްމެންޓް ސެކްޝަން (ޣާޒީ ބިލްޑިން ގްރައުންޑް ފްލޯ) ޖަލްސާކުރާ މާލަމުގައެވެ.

 

  • ބިޑް ހުޅުވުން އޮންނާނީ 19 ނޮވެމްބަރ 2018 ވާ ހޯމަ ދުވަހުގެ 13:00 ގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފިޒިކަލް ފެސިލިޓީސް ޑެވެލޮޕްމެންޓް ސެކްޝަން (ޣާޒީ ބިލްޑިން ގްރައުންޑް ފްލޯ) ޖަލްސާކުރާ މާލަމުގައެވެ.

 

 

  • މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

 

  • ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
  • ފިޒިކަލް ފެސިލިޓީސް ޑެވެލޮޕްމެންޓްސެކްޝަން
  • މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ޣާޒީ ބިލްޑިން ގްރައުންޑް ފްލޯ
  • ފޯން:  3341126, 3341127
  • އީ-މެއިލް: [email protected]
  • ކޮޕީ އީ-މެއިލް: [email protected]
06 ނޮވެންބަރު 2018
ހޯދާ