އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
ހުއްދަ ނެތި ރުއްގަސް އެއްރަށުން އަނެއް ރަށަށް ގެންދިޔުން

   (IUL)203-EIARES/1/2018/17 ނަންބަރު: 

                                     

ހުއްދަ ނެތި ރުއްގަސް އެއްރަށުން އަނެއް ރަށަށް ގެންދިޔުން

ފަހަކަށް އައިސް މީހުން އާބާދުވެފައިވާ ރަށްރަށުން ގިނަ އަދަދެއްގެ ރުއްގަސް ނަގައި، ރިސޯޓުތަކާއި ހިއްކާފައިވާ ބިންތަކުގައި އިންދުމަށް ގެންދާކަން މިއެޖެންސީއަށްވަނީ ފާހަގަކުރެވިފައެވެ. "ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ޤާނޫނު ‘4/93' ދަށުން އެކުލަވާލާފައިވާ "ރުއްގަސް ކެނޑުމާއި، އުފުރުމާއި، ކޮނެގެންނެގުން އަދި އެއްރަށުން އަނެއްރަށް ގެންދިއުމާއި ބެހޭ ޤަވާއިދު"ގެ 05 ވަނަ މާއްދާގެ (ހ) ގެ ދަށުން މިކަން ކުރެވޭނީ މިއެޖެންސީގެ ހުއްދަ ލިބިގެންނެވެ. އަދި މިގޮތަށް ރުއްގަސް ކެނޑުމާއި، ނެގުމާއި، އުފުރުން ނުވަތަ އެއް ރަށުން އަނެއް ރަށަށް ގެންދެވޭނީ ކޮންމެހެން އެނޫން ގޮތެއް ނެތިގެން ހަމައެކަނި ޒަރޫރީ ބޭނުމަށް، "ރުއްގަސް ކެނޑުމާއި، އުފުރުމާއި، ކޮނެގެންނެގުން އަދި އެއްރަށުން އަނެއްރަށް ގެންދިއުމުގައި ގެންގުޅެންވީ އުސޫލާ" އެއްގޮތުގެ މަތީންނެވެ. މިގޮތުން ހުއްދަ ނެތި މިފަދަ މަސައްކަތްތައް ކުރަމުން ގެންދާ ފަރާތްތަކާ ދޭތެރޭ މިއެޖެންސީން ގަވާއިދު ނަންބަރު 92011/R- "ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާ ބަދަލު ހޯދުމުގެ ގަވާޢިދު" ގެ ދަށުން މިދަނީ ފިޔަވަޅުއަޅަމުންނެވެ. 

 

                                                                    28 އޮކްޓޯބަރ 2018

29 އޮކްޓޫބަރު 2018
ހޯދާ