ނިލަންދެއަތޮޅު ދެކުނުބުރީ ހުޅުދެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހުޅުދެލީ ފުޓްބޯޅަ ދަނޑުގެ ދެކުނުފަރާތު ފިންސް މަރާމާތުކުރުމާބެހޭ

އިޢުލާން

ހުޅުދެލީ ފުޓްބޯޅަ ދަނޑުގެ ދެކުނުފަރާތުގެ ފިންސް މަރާމާތު ކުރުމާއިބެހޭ.

 

                     އަމިއްލަ ތެކެތީގައި ހުޅުދެލީ  ފުޓްބޯޅަ ދަނޑުގެ ދެކުނުފަރާތުގެ  ފިންސް މަރާމާތު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިއިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް މިމަސައްކަތް ކޮށްދެއްވަން ޝައުގުވެރިވާ ފަރާތްތަކުން 30 އޮކްޓޯބަރ 2018 ވާ އަންގާރަ ދުވަހުގެ 10:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 05 ނޮވެމްބަރ 2018 ވާ  ހޯމަ ދުވަހުގެ 10:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ. އަދި އެސްޓިމޭޓް ހުށަހަޅުއްވަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ.

                  މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހަޅަން ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، ހުށަހަޅުއްވަން ބޭނުންވާ ފަރާތުގެ ސިޓީއެއް ހުށަހަޅުއްވަން ވާނެއެވެ. 

                  ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

18 އޮކްޓޫބަރު 2018
ހޯދާ