މާޅޮސްމަޑުލު އުތުރުބުރީ މީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮންޓްރެކްޓް އުޞޫލުން ކުނިގޮނޑު ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

މިރަށުގެ ކުނިގޮނޑު ބެލެހެއްޓުމަށް ކޮންޓްރެކްޓް އުޞޫލުން ޙަވާލުކުރެވިފައިވާ މުއްދަތު ހަމަވުމަށް ކައިރިވެފައިވާތީވެ، ކޮންޓްރެކްޓް އުޞޫލުން ކުނިގޮނޑު ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

 

               މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 25 އޮކްޓޯބަރ 2018 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި މިއިދާރާގައި އޮންނަ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެން ދެއްވުން އެދެމެވެ.

 

             ބިޑް ހުށަހެޅުން އޮންނާނީ 30 އޮކްޓޯބަރ 2018 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 ގައި މިއިދާރާގައެވެ. ބިޑް ހިއްޕަވައިގެން ވަޑައިގަންނަވާއިރު ހުށަހަޅާ ލިޔުންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.

 

                މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ.

18 އޮކްޓޫބަރު 2018
ހޯދާ