މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ.ތުޅާދޫގައި އުފެދޭކުނި އުފުލުމަށްޓަކައި ތުޅާދޫ ކައުންސިލަށް 1.5 ޓަނުގެ ޕިކަޕެއް ހޯދުމާއި ބެހޭ

ބ. ތުޅާދޫ ކައުންސިލުން ތުޅާދޫގައި އުފެދޭކުނި އުފުލުމަށްޓަކައި ތުޅާދޫ ކައުންސިލްގެ އިދާރާއިން އެޑްވާންސްކޮށް އެއްވެސް ފައިސާއެއް ޚަރަދުނުކޮށް ޕިކަޕެއް ހޯދުމަށް ކުރި މިއިދާރާގެ ނަންބަރު 21/2018/321/321 (05/02/2018) އިއުލާނުން ހުށަހެޅި އެސްޓިމޭޓްތައް ބާޠިލުކޮށް، އަލުން ތުޅާދޫގައި އުފެދޭކުނި އުފުލުމަށްޓަކައި ތުޅާދޫ ކައުންސިލްގެ އިދާރާއިން އެޑްވާންސްކޮށް އެއްވެސް ފައިސާއެއް ޚަރަދުނުކޮށް ތިރީގައި މިދަންނަވާ ގޮތަށް  ޕިކަޕެއް ހޯދަން ބޭނުންވެއްޖެއެވެ.

ސަޕްލައިކޮށްދޭންވީ ވެހިކަލާއި ބެހޭ މަޢުލޫމާތު:

ބާވަތް:              ޑީސަލް ޕިކަޕް

މޮޑެލް:              ޓޮޔޯޓާ،ނިސާން،އިސުޒު،އަދި މިޓްސުބިޝީ ( މި މޮޑެލް ތަކުގެ ތެރެއިން މޮޑެލެއް)

ކުލަ:               ހުދު ނުވަތަ ނޫ ކުލަ ( އެއްވެސް ކުރެހުމެއް ނެތް)

ޓަނޭޖް:             1.5 ޓަން

ވޮރަންޓީ:      02 އަހަރު

އަގު:         އަގުގެ ތެރޭގައި ވެހިކަލްގެ އަގާއި، ވެހިކަލް ތުޅާދޫ ކައުންސިލް އިދާރާއަށް ފޯރުކޮށްދެވޭނެ އަގާއި އަދި ވެހިކަލް ތުޅާދޫ ކައުންސިލް އިދާރާގެ ނަމަށް ރަޖިސްޓްރީކޮށްދެވޭ އަގު ވަކިން އެގެން އޮންނަންވާނެއެވެ.

މަސައްކަތުގެ ވެރިފަރާތް: ތުޅާދޫ ކައުންސިލްގެ އިދާރާ

 

ޕޮއިންޓް ދެވޭ އުޞޫލު:-

 

ކެޓަގަރީ

މާރކްސް

މާރކްސް ދެވޭ އުޞޫލު

1

އަގު

80%

އެންމެކުޑަ އަގު ހުށަހަޅާފަރާތަށް ގިނަމާރކްސް ލިބޭގޮތަށް ފްރެކްޝަން އުޞޫލުން.(އަގަށް މާރކްސް ދެވޭނީ ވެހިކލްގެ އަގާއި، ވެހިކަލް ތުޅާދޫ ކައުންސިލް އިދާރާއަށް ފޯރުކޮށްދެވޭނެ އަގާއި އދި ވެހިކަލް ތުޅާދޫ ކައުންސިލް އިދާރާގެ ނަމަށް ރަޖިސްޓްރީކޮށްދެވޭ އަގުތަކުގެ ޖުމްލަ އެއްކޮށްގެންނެވެ.

2

އިންސްޓޯލްމަންޓް

10%

މިބަޔަށް މާރކްސް ދެވޭނީ އެންމެ ދިގު މުއްދަތެއްގެ އިންސްޓޯލްމަންޓެއް ހުށަހަޅާ ފަރާތް އެއީ ބެންޗްމާރކެއް ކަމުގައި ބަލައިގެންނެވެ.

3

މުއްދަތު

2.5%

އެކަށީގެންވާ އެންމެކުޑަ މުއްދަތު ހުށަހަޅާފަރާތަށް (ރަޖިސްޓްރީކޮށް ތުޅާދޫއާ ހަމައަށް ގެނެސްދެވޭނެ މުއްދަތު)ގިނަމާރކްސް ލިބޭގޮތަށް ފްރެކްޝަން އުޞޫލުން

4

ވެހިކަލްގެ ކަންޑިޝަން

 

05%

 

 

އުފެއްދިފަހުން ވީމުއްދަތަށް (އެންމެ ކުރު މުއްދަތަށް އެންމެގިނަ މާކްސްލިބޭގޮތަށް)    5 މާރކްސް

5

ތަޖުރިބާ

2.5%

 މިބަޔަށް މާކްސް ދޭނީ މިބާވަތުގެ ތަކެތި މީގެކުރިން ރަސްމީ އެއްވެސް އިދާރާއަކަށް ނުވަތަ ކުންފުންޏަކަށް ސަޕްލައިކޮށްދީފައިވާނަމަ އެފަރާތަކުން ދީފައިވާ ލިޔުމަށް ބަލައިގެން ތިރީގައިމިވާ ގޮތަށެވެ.

- ސަޕްލައިކުރި ވެހިކަލްގެ ޢަދަދު 5 އިން ދަށްނަމަ ކޮންމެ ވެހިކަލަކަށް 01 މާރކްސް

- މިޢަދަދު 5 އަށްވުރެ އިތުރުވާނަމަ ޖުމްލަ 2.5 މާކްސް

 

ބީލަމުގައި ހުށަހަޅަންޖެހޭ މަޢުލޫމާތު:

1. ފުރިހަމަކޮށް ސޮއިކޮށްފައިވާ ބީލަން ހުށަހަޅާފޯމް

2. އެސްޓިމޭޓް/ ކޯޓޭޝަން

3. ޕްރޮފައިލް

4. ވޮރަންޓީ ލެޓަރ

5. އަގުހުށަހަޅާ ތަކެތީގެ ފޮޓޯ އާއި ސްޕެސިފިކޭޝަން

6. ތަޖުރިބާ ބަޔާންކުރާ ލިޔުން

7. މާލީ ތަނަވަސްކަން ބަޔާންކޮށްދޭ ލިޔުން

8. ކުންފުނި ނުވަތަ ވިޔަފާރީގެ ރަޖިސްޓްރޭޝަން ކޮޕީ

9. ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ކޮޕީ

 

 

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2018 އޮކްޓޯބަރ 25 ވާ ބުރާސްފަތި ދުވަހުގެ 10:00 ށް މިއިދާރާއަށް ދުރުވެ އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މިއިދާރާގެ ނަންބަރު 6600006 ފޯނާއި ގުޅުއްވުން އެދެމެވެ. އަމިއްލަ ފަރުދެއްނަމަ ފަރުދުންގެ ވިޔަފާރި ޤާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތަކަށް ވާންވާނެއެވެ. އެސްޓިމޭޓް ބަލައިގަތުން އޮންނާނީ މިއިދާރާގެ މީޓިން ރޫމްގައެވެ. އަދި ދަންނަވަމެވެ. ބީލަމުގައި ހުށަހަޅަންޖެހޭ މަޢުލޫމާތު 01 ން 09 ށް ޕްރޮޕޯސަލާ އެއްގޮތަށް ހުށަހަޅަންވާނެއެވެ.މި އިޢުލާނާއިގުޅޭ އިތުރު ތަފުޞީލުތައް ހިމެނޭ  ބިޑްފޯމް މި އިދާރާގެ ވެބްސައިޓްhttp://www.thulhaadhoo.gov.mv އިން ޑައުންލޯޑު ކުރެވެން ހުންނާނެއެވެ.  ބީލަން ހުށަހަޅާއިރު މަޢުލޫމާތު ކަރުދާހާއި ބިޑުފޯމު ބީލަން ޑޮކިއުމަންޓް ތަކާއިއެކު ހުށަހަޅަންވާނެ އެވެ.

14 އޮކްޓޫބަރު 2018
ހޯދާ