މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
'ހެލްތު ރިސަރޗް އެވޯޑު' އަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުން

އިޢުލާން

 

'ހެލްތު ރިސަރޗް އެވޯޑު' އަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުން

ހެލްތު ރިސަރޗް އެވޯޑަކީ ދިވެހިރާއްޖޭގެ ސިއްހީ ދާއިރާއިން އެންމެ ފުރިހަމަ ދިރާސާއެއް ކޮށްފައިވާ ދިވެއްސަކަށް އެކަން ފާހަގަކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ހެލްތުން ދޭ އެވޯޑެކެވެ. މި އެވޯޑުގެ މަޤްސަދުތަކުގެ ތެރޭގައި؛

-         ދިވެހިރާއްޖޭގައި ސިއްހީ ދިރާސާކުރުމުގެ ސަގާފަތެއް ތަރައްޤީކޮށް، ރަނގަޅު ފެންވަރުގެ ދިރާސާކުރުމުގެ ރޫހު ދިރުވާ އާލާކުރުން

-         ދިރާސާ ކުރާ ފަރާތްތަކަށް އެބޭފުޅުންގެ މަސައްކަތް ކުރިއެރުވުމަށްް ހިތްވަރުދީ ރަނގަޅު ފެންވަރުގެ ދިރާސާ ކުރުވުން

-         ދިވެހިރާއްޖޭގެ ސިއްހީ ދާއިރާއަށް ބޭނުންތެރި އަދި މުހިއްމު ދިރާސާތައް ކުރުވައި، ރަނގަޅު ނަތީޖާއެއް ނެރުން

-         ދިވެހިރާއްޖޭގެ ސިއްހީ ދިރާސާއާއިބެހޭ ސިޔާސަތައް ހޭލުންތެރިކޮށް، ސިޔާސަތު ތަންފީޒުކުރުމަށް ބޭނުންވާ ދިރާސާތައް ކުރުވުން

މި އެވޯޑަށް އަމިއްލަ ނަން ހުށަހެޅުމުގެ ފުރުސަތު މިނިސްޓްރީން ހުޅުވާލަމެވެ.

ވީމާ، މި އެވޯޑަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކުން 31 ޑިސެމްބަރ 2018 (ހޯމަ) ދުވަހުގެ 12:00 ގެކުރިން އެޕްލިކޭޝަން ފޯމް ފުރިހަމަކުރައްވައި، އެ ފޯމްގައި ބަޔާންކޮށްފައިވާ ލިޔުންތަކާއިއެކު، މިނިސްޓްރީ އޮފް ހެލްތަށްް އެޑްރެސްކޮށް ރިސެޕްޝަނަށް ފޮނުއްވައިދެއްވުމަށް އެދި ދަންނަވަމެވެ.

މި ފޯމާއިއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  1. ހުށަހަޅާ ލިޔުންތަކުގެ ސޮފްޓް ކޮޕީ ޕެންޑްރައިވް އެއްގައި
  2. ހުށަހަޅާ ލިޔުންތަކުގެ ހާޑް ކޮޕީ

މި އެވޯޑަށް މާކްސް ދެވޭނެ މިންގަނޑާއި އެޕްލިކޭޝަން ފޯމް ތިރީގައިއެވާ މިލިންކުން ލިބިވަޑައިގަންނަވާނެއެވެ.

 

  1. Application Form for Health Research Award with Criteria for Health Research Award

                   http://health.gov.mv/Uploads/Downloads//Forms/Forms%2837%29.docx

އަދި މިއެވޯޑާއި ގުޅޭގޮތުން އިތުރު މައުލޫމާތު ބޭނުންފުޅުވާނަމަ މިމިނިސްޓްރީގެ ޕޮލިސީ ޕްލޭނިންގ އެންޑް އިންޓަރނޭޝަނަލް ހެލްތު ޑިވިޜަންގެ 3014359 އާ ގުޅުއްވުމުން މައުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.

01 ސަފަރު 1440

10 އޮކްޓޫބަރު 2018
ހޯދާ