މުލަކަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިދާރާގައި ސެކިއުރިޓީ ސިސްޓަމް ޤާއިމްކުރުން

މިކައުންސިލް އިދާރާއާއި ކައުންސިލް އިދާރާގެ ގޯތީގައި ޑިޖިޓަލް ސެކިއުރިޓީ ސިސްޓަމް ޤާއިމްކުރުމަށް ބޭނުންވެގެން ކުރި މިކައުންސިލް އިދާރާގެ ނަންބަރ:(IUL)236-IED/236/2018/14 އިއުލާނާއި ގުޅިގެން 01 ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅުއްވާފައިވާތީ އެ އިއުލާން ބާތިލްކޮށް އެމަސައްކަތްކޮށްދޭނެފަރާތެއް ހޯދުމަށް އަލުން އިއުލާނުކުރީމެވެ.

ވީމާ، މިމަސައްކަތްކަތް އަމިއްލަ ޚަރަދުގައި ކޮށްދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން 16 އޮކްޓޯބަރ 2018ވާ ހޯމަދުވަހުގެ 11:00ގެ ކުރިން މިއިދާރާއަށް ވަޑައިގެން ނުވަތަ ގުޅުއްވައިގެން މައުލޫމާތުސާފުކުރެއްވުމަށްފަހު 22 އޮކްޓޯބަރ 2018ވާ ހޯމަދުވަހުގެ 11:00ގައި މިއިދާރާއަށް ވަޑައިގެން ބަންދުކުރި ސިޓީއުރައެއްގައި އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތެއްގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 9823186 ނުވަތަ 6720600 އާއިއެވެ.

މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

08 އޮކްޓޫބަރު 2018
ހޯދާ