މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
އޮންލައިން ޝިފްޓިންއަށް ގެނެވުނު ބަދަލާއި ގުޅޭ ގޮތުން

        މިހާރަކަށް އައިސް އޮންލައިންކޮށް ޝިފްޓިންއަށް ރިކްއެސްޓް ކުރާ އިރު ބައެއް މުދަލުގެ ޑޮކިޔުމެންޓްސްތަކުގައި ހުންނަ ތަފާތު މައްސަލަތައް ނުނިމި ހުރުމުގެ ސަބަބުން، ރިކްއެސްޓްކުރާ ދުވަހު ކޮންޓެއިނަރގެ މުދާ ކްލިއަރ ކުރެވޭ ގޮތް ނުވާ ފަހަރުތައް އަންނަމުންދެއެވެ. މިހެންވުމުގެ ސަބަބުން އެއް ކޮންޓެއިނަރއެއް ތަކުރާރުކޮށް މޫވް ކުރަންޖެހި ޔާޑް އޮޕްރޭޝަންސް މަސައްކަތަށް ޑިލޭތަކެއް އާދެއެވެ. މިފަދަ މައްސަލަތައް ހައްލުކޮށް އަދި ކުންފުނީގެ މަސައްކަތްތައް ހަރުދަނާ ކުރުމުގެ ގޮތުން 15 އޮކްޓޯބަރ 2018 ވަނަ ދުވަހުން ފެށިގެން އޮންލައިންކޮށް ޝިފްޓިންއަށް ރިކްއެސްޓް ކުރެވޭނީ އެމުދަލަކަށް ދައްކަންޖެހޭ ހޭންޑްލިންގ ވޯފޭޖް ފައިސާ ދެއްކުމަށްފަހުގައި ކަމުގައި ޚިދުމަތް ހޯއްދަވާ ކަސްޓަމަރުންގެ މަޢުލޫމާތައްޓަކައި ދަންނަވަމެވެ. އަދި މިކުންފުންޏަށް ދައްކަންޖެހޭ ހޭންޑްލިންގ ވޯފޭޖް ފައިސާ އާއި އަދި އެހެނިހެން ކަންކަމުގައި ދައްކަވަންޖެހޭ ފައިސާ އޮންލައިންކޮށް ދެއްކޭނެ ވާހަކަ ކަސްޓަމަރުންގެ މަޢުލޫމާތައްޓަކައި ދަންނަވަމެވެ.

08 އޮކްޓޫބަރު 2018
ހޯދާ