މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
2018 ނޮވެމްބަރ 5 އިން 7 އަށް "އެޓޯލް ލެވެލް ޑިސެމިނޭޝަން" ގެ ނަމުގައި މާލޭގައި ވޯކްޝޮޕެއް ބޭއްވުމަށްޓަކައި ހޯލް ހިފުމާއި ކޭޓަރިންގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

2018  ނޮވެމްބަރ 5 އިން 7 އަށް "އެޓޯލް ލެވެލް ޑިސެމިނޭޝަން" ގެ ނަމުގައި މާލޭގައި ވޯކްޝޮޕެއް ބޭއްވުމަށްޓަކައި ހޯލް ހިފުމާއި ކޭޓަރިންގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 08 އޮކްޓޯބަރ 2018 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 15 އޮކްޓޯބަރ 2018 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީ ހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

22 މުހައްރަމް 1440

02 އޮކްޓޫބަރު 2018
ހޯދާ