އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ރިޔާސީ އިންތިޚާބު 2018 ގެ ވޯޓުލާ ނިންމާ ގަޑި ބަދަލުވުން

ނަންބަރު: A)CA-2018/221)

އިޢުލާން

ރިޔާސީ އިންތިޚާބު 2018 ގެ ވޯޓުލާ ނިންމާ ގަޑި ބަދަލުވުން

މި ކޮމިޝަނުގެ ނަންބަރު A)CA-2018/166) އިޢުލާނާ ޙަވާލާދީ ދަންނަވަމެވެ.

ޙަވާލާދެވުނު އިޢުލާނުގައި ރިޔާސީ އިންތިޚާބު 2018 ގެ ވޯޓުލާ ނިންމާ ގަޑި ކަމަށް ބަޔާންކޮށްފައިވާ ގަޑި 19:00 އަށް އިތުރު ކުރުމަށް މިކޮމިޝަނުން ވަނީ ނިންމާފައެވެ. މިގޮތަށް ކޮމިޝަނުން ނިންމީ ވޯޓުލާ މަރުކަޒުތަކުގައި ވޯޓުލުމަށް ގޮސް ކިޔުގައި ތިބި ރައްޔިތުންގެ ޢަދަދު ގިނަވުމުންނާއި، ގިނަ ޢަދަދެއްގެ ރައްޔިތުންނާއި ސިޔާސީ ޕާޓިތަކުން ވަގުތު އިތުރުކޮށްދިނުމަށް މިކޮމިޝަނުގައި އެދެމުންދާތީއެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި، އިޢުލާން ކުރީމެވެ.

 13 މުޙައްރަމް 1440

23 ސެޕްޓެންބަރު 2018
ހޯދާ