ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ޓެލެފޯން އޮޕަރޭޓަރެއް ބޭނުންވެއްޖެ

ވަޒީފާގެ ފުރުޞަތު

60-އޭޑީއެމް/248/2018 ނަންބަރ އިއުލާނަށް އެކަޝީގެންވާވަރަށް އެޕްލިކޭޝަން ފޯރމް ލިބިފައިނުވާތީ އަލުން އެމަޤާމަށް އެޕްލިކޭޝަން ފޯރމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

މަޤާމް:ޓެލެފޯން އޮޕަރޭޓަރ

ބޭނުންވާ އަދަދު:01 (އެކެއް)

އަސާސީ މުސާރަ:މަހަކު -/3380 ރުފިޔާ

މަސައްކަތް ކުރަންޖެހޭތަން:އެސްޓީއޯ ކޯލް ސެންޓަރ (ސ. ފޭދޫ) / އެޑްމިން އެންޑް އެޗް އާރް ޑިޕާރޓްމަންޓް

އެހެނިހެން އިނާޔަތްތައް

  • އިތުރު އެލަވަންސްގެ ގޮތުގައި މަހަކު -/2000 ރުފިޔާއާއި، -/2500 ރުފިޔާއާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.
  • ހަމަޖެހިފައިވާ އުސޫލުން މަސައްކަތަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/100 ރުފިޔާ ލިބޭނެއެވެ.
  • މަތީތަޢުލީމު ހާސިލު ކޮށްފައިވާނަމަ ހަމަޖެހިފައިވާ އުސޫލުން ޓެކްނިކަލް ނުވަތަ ޕްރޮފެޝަނަލް އެލަވަންސް ލިބޭނެއެވެ.
  • އިތުރުގަޑީގައްޔާއި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާ ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  • ޕްރޮބޭޝަން ފުރިހަމަކުރުމުން ސްޓާފް ހެލްތު އިންޝުއަރެންސްގައި ބައިވެރި ކުރެވޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު

  • ކޯލް ސެންޓާރަށް އަންނަ ފޯންކޯލް ތަކަށް ޖަވާބު ދިނުން
  • ކޯލް ސެންޓަރގެ ފޯންލޮގް ޑެއިލީކޮށް މޮނީޓަރކޮށް ރެކޯޓް ބެލެހެއްޓުން

ފެންވަރު ނުވަތަ ޝަރުތު

  • ޖީ.ސީ.އީ. އޯލެވެލް 3 މާއްދާއިން "ސީ" އަށްވުރެ މަތިން ފާސްވެފައިވުމާއިއެކު، އެސް.އެސް.ސީ އިމްތިހާން ދިވެހިން "ސީ" ފާހައްވުރެއް މަތިން ފާސްވެފައިވުން.
  • ވަޒީފާއާއި ގުޅޭދާއިރާ އަކުން މަސައްކަތުގެ އަމަލީ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެ.

އެހެނިހެން ހުނަރު

  • މީހުންނާ ރިވެތިބަހުން މުއާމަލާތު ކުރުމުގެ ހުނަރުހުރުން
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭ މީހެއްކަމުގައިވުން

ސުންގަޑި

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 2018 ސެޕްޓެމްބަރ 26 ވާ ބުދަ ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯއަށް ވަޒީފާއަށް އެދި ސ. ފޭދޫ ފިހާރައަށް ނުވަތަ ހެޑްއޮފީސް ކައުންޓަރއަށް ފޯރމް ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމް މިކުންފުނީގެ ހެޑް އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އެސްޓީއޯ ވެބްސައިޓުން (http://sto.mv/Downloads.aspx) ޑައުންލޯޑު ކުރެވެންވެސް ހުންނާނެއެވެ.

ނޯޓް

  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާއި އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށަހަޅާފައިވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާއިއެކުގައެވެ)
  • މިމަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތުތަޖުރިބާ އަދި އިންޓަވިއުއަށްބަލައި އެންމެމަތިން މާކްސްލިބޭ ފަރާތްތަކެވެ.
  • އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި އިއުލާންގައިވާ ޝަރުތު ހަމަވާ ފަރާތްތަކަށެވެ.
  • ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯރޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.
  • ގުޅޭނެ ނަންބަރު: 3344273  އީމެއިލް އެޑްރެސް:[email protected]
19 ސެޕްޓެންބަރު 2018
ހޯދާ