ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
މެސެންޖަރަކު ބޭނުންވެއްޖެ

ވަޒީފާގެ ފުރުޞަތު

މިކުންފުނީގެ މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

މަޤާމް:މެސެންޖަރ

ބޭނުންވާ އަދަދު:01 (އެކެއް)

ކޮންޓްރެކްޓް މުއްދަތު:2 އަހަރު

އަސާސީ މުސާރަ:މަހަކު -/3450 ރުފިޔާ

މަސައްކަތް ކުރަންޖެހޭތަން:އެސްޓީއޯ މެޑިކަލް ސަރވިސް އޮފީސް / މެޑިކަލް ޑިޕާޓްމަންޓް

އެހެނިހެން އިނާޔަތްތައް

  • އިތުރު އެލަވަންސްގެ ގޮތުގައި މަހަކު -/1500 ރުފިޔާ އާއި، -/2450 ރުފިޔާ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.
  • ހަމަޖެހިފައިވާ އުސޫލުން މަސައްކަތަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/100 ރުފިޔާ ލިބޭނެއެވެ.
  • މަތީތަޢުލީމު ހާސިލް ކޮށްފައިވާނަމަ ހަމަޖެހިފައިވާ އުސޫލުން ޓެކްނިކަލް ނުވަތަ ޕްރޮފެޝަނަލް އެލަވަންސް ލިބޭނެއެވެ.
  • އިތުރުގަޑީގައްޔާއި، ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާއި ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  • ޕްރޮބޭޝަން ފުރިހަމަކުރުމުން ސްޓާފް ހެލްތު އިންޝުއަރެންސްގައި ބައިވެރި ކުރެވޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު

  • މިނިސްޓްރީ އާއި އިންޓާނަލް ޑިޕާޓްމެންޓްސްއަށް ޑޮކިއުމެންޓްސް ޑެލިވަރ ކޮށްދިނުން

ފެންވަރު ނުވަތަ ޝަރުތު

  • ޖީސީއީ އޯލެވެލް ނިންމާފައިވުން

އެހެނިހެން ހުނަރު

  • ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައިވުން

ސުންގަޑި

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 2018 ސެޕްޓެމްބަރ 24 ވާ ހޯމަ ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯއަށް ވަޒީފާއަށް އެދި ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމް މިކުންފުނީގެ ހެޑް އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި، އެސްޓީއޯ ވެބްސައިޓުން (http://sto.mv/Downloads.aspx) ޑައުންލޯޑު ކުރެވެންވެސް ހުންނާނެއެވެ.

ނޯޓް

  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާއި އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށަހަޅާފައިވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާއިއެކުގައެވެ)
  • މަތީގައި ދެންނެވިފައިވާ ޝަރުތުތައް ހަމަނުވާ އެޕްލިކޭޝަންތައް ބާތިލް ކުރެވޭނެއެވެ.
  • މިމަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތުތަޖުރިބާ އަދި އިންޓަވިއުއަށްބަލައި އެންމެމަތިން މާކްސްލިބޭ ފަރާތްތަކެވެ.
  • އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
  • ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯރޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.
  • ގުޅޭނެ ނަންބަރު: 3344245 / އީމެއިލް އެޑްރެސް:[email protected]    
17 ސެޕްޓެންބަރު 2018
ހޯދާ