ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ހދ.ހިރިމަރަދޫ އަދި ހދ.ފިނޭގައި އެސްޓީއޯ ފާމަސީއެއް (ޕްރީފެބްރިކޭޓެޑް ފާމަސީއެއް) އިންސްޓޯލް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

ހދ. ހިރިމަރަދޫ  އަދި ހދ. ފިނޭގައި އެސްޓީއޯ ފާމަސީއެއް (ޕްރީފެބްރިކޭޓެޑް ފާމަސީއެއް) އިންސްޓޯލް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި އިއުލާން 60-އޭޑީއެމް/261/2018  އަށް އެކަށީގެންވާ އިޖާބައެއް ލިބިފައިނުވާތީ އެއިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ. ވީމާ، މިބާވާތުގެ މަސައްކަތްކުރުމުގެ ފަންނީ އަދި އަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް އަލުން ފުރުޞަތު ހުޅުވާލަމެވެ.

މަސައްކަތުގެ ވެރިފަރާތް:ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ

ރަޖިސްޓަރީ ކުރުން:ރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން 2018 ސެޕްޓެމްބަރ 26 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން އެސްޓީއޯ ކުޅުދުއްފުށި ފާމަސީ ނުވަތަ އެސްޓީއޯ ހިރިމަރަދޫ ފާމަސީ ނުވަތަ އެސްޓީއޯ ފިނޭ ފާމަސީއަށް ދުރުވެ ރަޖިސްޓަރީ ކުރައްވަންވާނެއެވެ.

ބީލަންކަރުދާސް ދޫކުރުން:ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2018 ސެޕްޓެމްބަރ 26 ވާ ބުދަ ދުވަސް ނިމުމުގެ ކުރިން އީމެއިލުންނެވެ.

މައުލޫމާތު ދިނުން:ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 2018 ސެޕްޓެމްބަރ 27 ވާ ބުރާސްފަތި ދުވަހު ތިރީގައިވާ އެސްޓީއޯ އައުޓްލެޓް ތަކުގައި އޮންނާނެއެވެ.

ހދ.ކުޅުދުއްފުށި ފާމަސީ، ގަޑި: 10:00

ހދ.ފިނޭ ފާމަސީ، ގަޑި: 10:30

ހދ.ހިރިމަރަދޫ ފާމަސީ، ގަޑި: 11:30

ސުވާލާއި ޖަވާބު:ރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވާ ސުވާލުތައް 2018 ސެޕްޓެމްބަރ 30 ވާ އާދިއްތަ ދުވަހުގެ 16:00  ގެ ކުރިން އީމެއިލް   މެދުވެރިކޮށް ފޮނުވަންވާނެއެވެ. އަދި 2018 އޮކްޓޯބަރ 01 ވާ ހޯމަ ދުވަސް ނިމުމުގެ ކުރިން ޖަވާބުދާރީ ވެވޭނެއެވެ.

ބީލަންކަރުދާސް:ބީލަންކަރުދާސް ހުޅުވުން އޮންނާނީ 2018 އޮކްޓޯބަރ 04 ވާ ބުރާސްފަތި ދުވަހުގެ 14:30 ގައި ހދ. ކުޅުދުއްފުށީ ފާމަސީގައެވެ. ރަޖިސްޓަރީ ނުކުރައްވާފަރާތްތަކަށާއި،  މައުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކާއި އަދި ގަޑި ޖެހިގެން ހާޒިރުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:

ފޯނު:  3344180 , 3344321

ފެކުސް: 3344633

އީސެޕްޓެމްބަރލް: [email protected]

17 ސެޕްޓެންބަރު 2018
ހޯދާ