މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ހއ.އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލް އިމާރާތަށް ބޭނުންވާ ސައުންޑް ސިސްޓަމް ހޯދައި އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުމަށް

                                        އިޢުލާން ނަންބަރ: IUL)22-G/2018/171)    

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

  • ހއ.އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލް އިމާރާތަށް ބޭނުންވާ ސައުންޑް ސިސްޓަމް ހޯދައި އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ޢިއުލާން ނަންބަރ IUL)22-G/2018/163) އިއުލާނަކީ ފުރަތަމަ އިއުލާނައްވެފައި އެއިއުލާނަށް ކުރިމަތިލެއްވީ އެންމެ ފަރާތެއް ކަމަށްވާތީވެ, އެ އިއުލާން ބާތިލްކޮށް އަލުން އިއުލާން ކުރަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

 

  • މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2018 ސެޕްޓެންބަރ 16 އިން 2018 ސެޕްޓެންބަރ 24 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ.

 

  • މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2018 ސެޕްޓެންބަރ 24 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

 

  • މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 2018 ސެޕްޓެންބަރ 25 ވާ އަންގާރަ ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފިޒިކަލް ފެސިލިޓީސް ޑެވެލޮޕްމެންޓް ސެކްޝަން (ޣާޒީ ބިލްޑިން ގްރައުންޑް ފްލޯ) ޖަލްސާކުރާ މާލަމުގައެވެ.

 

  • ބިޑް ހުޅުވުން އޮންނާނީ 2018 އޮކްޓޯބަރ 03 ވާ ބުދަ ދުވަހުގެ 13:00 ގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފިޒިކަލް ފެސިލިޓީސް ޑެވެލޮޕްމެންޓް ސެކްޝަން (ޣާޒީ ބިލްޑިން ގްރައުންޑް ފްލޯ) ޖަލްސާކުރާ މާލަމުގައެވެ.

 

  • މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

 

  • ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ފިޒިކަލް ފެސިލިޓީސް ޑެވެލޮޕްމެންޓްސެކްޝަން

މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ޣާޒީ ބިލްޑިން ގްރައުންޑް ފްލޯ

ފޯން:  3341126, 3341136

އީ-މެއިލް: [email protected]

ކޮޕީ އީ-މެއިލް: [email protected]

16 ސެޕްޓެންބަރު 2018
ހޯދާ