އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ވޯޓު ފޮށި ނުބަހައްޓާގޮތަށް ހަމަޖެއްސުން (ރިސޯޓުތައް)

ނަންބަރު: A)CA-2018/202)

އިޢުލާން

ވޯޓު ފޮށި ނުބަހައްޓާގޮތަށް ހަމަޖެއްސުން

މިކޮމިޝަނުގެ ނަންބަރު A)CA-2018/151، (A)CA-2018/160، (A)CA-2018/163، (A)CA-2018/171، (A)CA-2018/172) އިޢުލާނުތަކާ ހަވާލާދީ ދަންނަވެމެވެ.

2018 ސެޕްޓެމްބަރ 23 ވާ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ވޯޓުފޮށި ބަހަށްޓާނެކަމަށް އިޢުލާނުކޮށްފައިވާ 44 ރިސޯޓުގެ ތެރެއިން މި ކޮމިޝަނުން ކަނޑައަޅާފައިވާ ޢަދަދަށް  (މަދުވެގެން 100 މީހުން) ރަޖިސްޓަރީކޮށްފައި ނުވާ މިދަންނަވާ 9 ރިސޯޓުގައި ވޯޓުފޮށި ނުބަހައްޓާ ގޮތަށް ނިންމައިފީމެވެ.

އަދި އެ ވޯޓުފޮށިތަކަށް ރީ ރަޖިސްޓަރީ ވެފައިވާ މީހުން އެމީހަކު ރަޖިސްޓަރީ ވެފައިވާ ތަންނޫން އެހެންތަނެއްގައި ވޯޓުލުމަށް ރީ-ރަޖިސްޓަރީ ކުރުމަށް ބޭނުންވާނަމަ، 2018 އޮގަސްޓް 27 އިން 2018 އޮގަސްޓް 29 އަށް ކޮންމެ ދުވަހެއްގެ ހެނދުނު 08:30 އިން ހަވީރު 06:00 އަށް ރީ-ރަޖިސްޓަރީ ކުރުމުގެ ފުރުޞަތު ހުޅުވާލައިފީމެވެ.

ރީ-ރަޖިސްޓަރީ ފޯމު ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ ހުރިހާ ރަށެއްގެ ރަށު ކައުންސިލް އިދާރާތަކުގައި، އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުގައި އަދި މާލޭ ސިޓީގައިނަމަ އިންތިޚާބާ ބެހޭ މަރުކަޒު (ބައު ޖަމާލުއްދީން)ގައެވެ. އަދި ރާއްޖެއިންބޭރުގައިނަމަ ރީ-ރަޖިސްޓަރީ ފޯމު ބަލައިގަންނާނީ އެޤައުމުތަކުގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓް އޮފީސްތަކުންނާއި ދިވެހިރާއްޖޭގެ އެންބަސީތަކުން، ކޮންމެ ދުވަހެއްގެ ހެނދުނު 09:30 އިން ހަވީރު 04:00 އަށެވެ. އަދި މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީ ބަދަލު ނުކޮށްފިނަމަ މި ފަރާތްތަކަށް ވޯޓު ލެވޭނީ އެމީހަކު ރަށްވެހިވެފައިވާ ރަށުގައެވެ.

ވޯޓުފޮށި ބަހައްޓާ ރިސޯޓާއި ތަން

ވޯޓުލާ ސަރަހައްދު

ވޯޓުފޮށީގެ ނަން

ވޯޓުފޮށީގެ ނަންބަރު

#

އަދާރަން ސިލެކްޓް ހުދުރަންފުށި، ސްޓާފް ޓީވީ އޭރިއާ

މި ފޮށްޓަށް ވޯޓުލާނީ އަދާރަން ސިލެކްޓް ހުދުރަންފުށީގައި މަސައްކަތްކުރާ މީހުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކުރާ މީހުންނާއި މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ.

އަދާރަން ސިލެކްޓް ހުދުރަންފުށި  (ކ. ޅޮހިފުށި)

 

Z15.1.1

1       

ވައްކަރު މޯލްޑިވްސް،

ކެންޓީން ކުރިމަތި

މި ފޮށްޓަށް ވޯޓުލާނީ ވައްކަރު މޯލްޑިވްސްގައި މަސައްކަތްކުރާ މީހުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކުރާ މީހުންނާއި މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ.

ވައްކަރު މޯލްޑިވްސް (ބ.ވައްކަރު)

Z17.1.1

2       

އަމިއްލަފުށި އެންޑް ކޯސްޓްލައިން ރެސިޑެންސް، ޓްރެއިނިންގ ރޫމް

މި ފޮށްޓަށް ވޯޓުލާނީ އަމިއްލަފުށި އެންޑް ކޯސްޓްލައިން ރެސިޑެންސްގައި މަސައްކަތްކުރާ މީހުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކުރާ މީހުންނާއި މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ.

އަމިއްލަފުށި އެންޑް ކޯސްޓްލައިން ރެސިޑެންސް (ބ.ފިނޮޅަސް)

 

Z19.1.1

3       

އެޓްމޮސްފިއަރ ކަނިފުށި މޯލެޑިވްސް،

ޓްރެއިނިންގް ހޯލު

މި ފޮށްޓަށް ވޯޓުލާނީ އެޓްމޮސްފިއަރ ކަނިފުށި މޯލެޑިވްސްގައި މަސައްކަތްކުރާ މީހުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކުރާ މީހުންނާއި މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ.

އެޓްމޮސްފިއަރ ކަނިފުށި މޯލްޑިވްސް

(ޅ. ކަނިފުށި)

Z22.1.1

4       

 ކޮކޫން މޯލްޑިވްސް،

ސްޓާފް އޭރިއާ (ރިކްރިއޭޝަން ހޯލު)

މި ފޮށްޓަށް ވޯޓުލާނީ ކޮކޫން މޯލްޑިވްސްގައި މަސައްކަތްކުރާ މީހުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކުރާ މީހުންނާއި މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ.

ކޮކޫން މޯލްޑިވްސް      

(ޅ. އޫކޮޅު ފިނޮޅު)

Z26.1.1

5       

ކޮންސްޓަންސް ހަލަވެލި ރިސޯޓު،

ސްޓާފް ލައުންޖު

މި ފޮށްޓަށް ވޯޓުލާނީ ކޮންސްޓަންސް ހަލަވެލި ރިސޯޓުގައި މަސައްކަތްކުރާ މީހުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކުރާ މީހުންނާއި މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ.

ކޮންސްޓަންސް ހަލަވެލި ރިސޯޓު (އއ. ހަލަވެލި)

Z27.1.1

6       

އަމާރި ހަވޮއްޑާ މޯލްޑިވްސް، ރިކްރިއޭޝަން އޭރިއާ

މި ފޮށްޓަށް ވޯޓުލާނީ އަމާރި ހަވޮއްޑާ މޯލްޑިވްސްގައި މަސައްކަތްކުރާ މީހުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކުރާ މީހުންނާއި މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ.

އަމާރި ހަވޮއްޑާ މޯލްޑިވްސް (ގދ. ހަވޮޢްޑާ)

Z28.1.1

7       

 ކަނުހުރާ،

ރިކްރިއޭޝަން ސެންޓަރ

މި ފޮށްޓަށް ވޯޓުލާނީ ކަނުހުރާގައި މަސައްކަތްކުރާ މީހުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކުރާ މީހުންނާއި މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ.

ކަނުހުރާ         

(ޅ. ކަނުހުރާ)

Z31.1.1

8       

ރޮބިންސަން ކްލަބް ނޫނު، ޓްރެއިނިންގް ރޫމް

މި ފޮށްޓަށް ވޯޓުލާނީ ރޮބިންސަން ކްލަބް ނޫނުގައި މަސައްކަތްކުރާ މީހުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކުރާ މީހުންނާއި މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ.

ރޮބިންސަން ކްލަބް ނޫނު

(ނ. އޮރިވަރު)

Z39.1.1

9       

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށް އިޢުލާނު ކުރީމެވެ.

14 ޛުލްޙިއްޖާ 1438

25 އޮގަސްޓް 2018
ހޯދާ