ދިވެހިރާއްޖެ
އިއުލާން
މޯލްޑިވްސް ނާރސިންގ އެންޑް މިޑްވައިފަރީ ކައުންސިލްގައި ރަޖިސްޓްރީ ކުރުމާއި ބެހޭ
ޞިއްޙީ ޚިދުމަތުގެ ފަންނުގައި މަސައްކަތްކުރައްވާ ފަރާތްތަކުން، ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ދަފުތަރުގައި ރަޖިސްޓްރީ ނުކޮށް، ދައުލަތުގެ މުއްސަސާތަކާއި ފަރުދުންގެ ވިޔަފާރިތަކުގައި ނަރުހެއް ނުވަތަ މިޑްވައިފެއްގެ ގޮތުގައި މީސްމީހުން ލައްވައި މަސައްކަތްކުރުވަމުން ގެންދާކަން މިކައުންސިލަށް ވަނީ ފާހަގަ ކުރެވިފައެވެ.
ޤާނޫނު ނަންބަރ 2015/13 ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނުގެ 24 ވަނަ މާއްދާގައިވާގޮތުން، ދިވެހިރާއްޖޭގައި ނަރުހެއްގެ ގޮތުގައި ނުވަތަ މިޑްވައިފެއްގެ ގޮތުގައި މަސައްކަތްކުރެވޭނީ، މިޤާނޫނާއި މިޤާނޫނުގެ ދަށުން ހަދާ ޤަވާއިދުގައިވާ ގޮތުގެމަތިން މިކައުންސިލްގައި ރަޖިސްޓްރީކޮށް، މިކައުންސިލުން ދޫކުރާ ލައިސަންސެއްގެ ދަށުން، އެލައިސަންސްގައިވާ ޝަރުތުތަކާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ.
ވީމާ، މިކައުންސިލުގައި ރަޖިސްޓްރީ ނުކޮށް ނަރުހެއްގެ ނަމުގައި ނުވަތަ މިޑްވައިފެއްގެ ގޮތުގައި މަސައްކަތްކުރުމަކީ މަނާކަމެއްކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.