މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ސަރުކާރުގެ ސްކޮލަރޝިޕެއްގައި ކިޔަވަމުންދާ ދަރިވަރުން ފިޔަވައި، މަތީ ތަޢުލީމު ޙާސިލްކުރާ ދަރިވަރުންނަށް ޒަކާތު ސްކޮލަރޝިޕް ފަންޑުގެ އެހީއަށް އެދި ހުށަހެޅުމުގެ ފުރުޞަތު

ސަރުކާރުގެ ސްކޮލަރޝިޕެއްގައި ކިޔަވުމުންދާ ދަރިވަރުން ފިޔަވައި، މަތީ ތަޢުލީމުގެ ދާއިރާތަކުން މިހާރުވެސް ކިޔަވަމުންދާ އަދި އެކި ސަބަބުތަކާހުރެ ކިޔެވުން މެދުކެނޑިފައިވާ، ފަރާތްތަކަށް، އެފަރާތްތަކުގެ ކިޔެވުން ކުރިއަށް ގެންދިއުމަށް އެހީތެރިވުމުގެ ގޮތުން ޒަކާތު ފަންޑުގެ އެހީއަށް އެދި ހުށަހެޅުމުގެ ފުރުޞަތު މިއަދުން ފެށިގެން 30 އޮގަސްޓް 2018 ވާ ބުރާސްފަތި ދުވަހުގެ  މެންދުރު 12:00 ގެ ނިޔަލަށް ހުޅުވާލަމެވެ.

                          

 

ޝަރުތު:

 

  1. ދިވެހި ރައްޔިތަކަށްވުން.
  2. މަތީ ތަޢުލީމުގެ މަރުޙަލާގައި ކިޔަވާ ދަރިވަރަކަށްވުން.
  3. މިހާރު ކިޔަވަމުންދާ ކޯހުގެ %50 ފުރިހަމަކޮށްފައިވުން.
  4. ދިވެހި ސަރުކާރުން ނުވަތަ ދިވެހި ސަރުކާރު މެދުވެރިވެގެން ނުވަތަ ދައުލަތުގެ އެހެން މުއައްސަސާއަކުން ވެސް ހިލޭ އެހީގެގޮތުގައި ފުރުޞަތު ލިބިގެން މިވަގުތު ކިޔެވުމުގެ ޚަރަދު ހަމަޖެހިފައިވާ ފަރާތެއް ކަމުގައި ނުވުން.
  5. އެހީއަށް އެދޭ ފަރާތަކީ ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ނުވަތަ ދައުލަތުގެ މުއައްސަސާއަކުން ލޯނު އެހީއެއް ލިބިފައިވާ ދަރިވަރެއްނަމަ، އެ ލޯނުގެ ފައިސާ ދައްކައި ޚަލާސްކޮށްފައިވުން ނުވަތަ ޤަވާއިދުން ފައިސާ ދައްކަމުންދާ ފަރާތެއްކަމުގައިވުން.
  6. އެދިވަޑައިގަންނަވާ ކޯހާއި އެއް ފެންވަރެއްގެ ކޯހެއް ދަޢުލަތުގެ ޚަރަދުގައި މިހާރު ފުރިހަމަ ކުރައްވަމުންދާ ދަރިވަރެއް ކަމުގައިވެސް ނުވުން.
  7. އެހީއަށް އެދޭ ފަރާތަކީ ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ނުވަތަ ދައުލަތުގެ އެހެން މުއައްސަސާއަކުން ވެސް ހިލޭ އެހީ ނުވަތަ ޕެއިޑްލީވް ނުވަތަ ލޯނު އެހީގެ ފުރުޞަތު ލިބިގެން ކިޔެވުމަށްފަހު، ބޮންޑުގައިވާގޮތައް ޚިދުމަތަށް ނުކުތުމަށް ބޮންޑުކުރި ފަރާތަކަށް ރިޕޯޓްނުކުރާ ފަރާތެއްކަމުގައި ނުވުން.  
  8. ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަނުން ބްލެކްލިސްޓްކުރާ އެއްވެސް އުސޫލަކުން ބްލެކްލިސްޓްވެފައިވާ ފަރާތެއް ކަމުގައި ނުވުން.
  9. ކިޔަވަމުންދާ ކޯހަކީ އިސްލާމްދީން ހުއްދަކުރާ ދާއިރާއަކުން ހަދާ ކޯހެއްކަމުގައިވުން.

 

  1. ކިޔަވަމުންދާ ދަރިވަރަކީ ސަރުކާރުގެ ސްކޮލަރޝިޕެއްގައި، ނުވަތަ ދައުލަތުގެ ޚަރަދުގައި ކިޔަވަމުން ދަނިކޮށް ފެއިލްވެ/ ރިޕީޓް ވުމުގެ ސަބަބުން ސްޕޮންސަރ މެދުކެނޑިފައިވާ ދަރިވަރެއް ކަމުގައިނުވުން.
  2. ކިޔަވަމުންދާ ކޮލެޖް/ ޔުނިވަސިޓީ ނުވަތަ ތަޢުލީމު ޙާސިލްކުރާ މަރުކަޒަކީ ދިވެހިރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީ ޤަބޫލުކުރާ ތަނަކަށްވުން.

 

 ހުށަހަޅަންޖެހޭ ތަކެތި:

ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި.

-          ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

-          ތަޢުލީމީ ސެޓްފިކެޓްތަކުގެ އެޓެސްޓްކުރެވިފައިވާ އަސްލު އާއި ފުލް ޓްރާންސްކްރިޕްޓްގެ އަސްލާއި އެއްގޮތް ކަމުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ އަސްލުގެ ދެފުށް ޗާޕްކޮށްފައިވާނަމަ، އަސްލާއެއްގޮތަށް ދެފުށް އޮންނަންވާނެއެވެ.

-          ތަޢުލީމު ހާޞިލުކުރަން ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން އެހީ ލިބިފައިވާނަމަ، އެންމެފަހުގެ އެހީއަކާ ގުޅޭގޮތުން ޚިދުމަތްކޮށްފައިވާކަން އަންގައިދޭ ރަސްމީ ލިޔުން.

-          މިހާރު ކިޔަވުމުންދާ ކަމުގެ ލިޔުން އަދި ޓްރާންސްކްރިޕްޓްގެ އަސްލާ އެއްގޮތްކަމުގެ ކޮޕީ އަސްލުގެ ދެފުށް ޗާޕްކޮށްފައިވާނަމަ، އަސްލާއެއްގޮތަށް ދެފުށް އޮންނަންވާނެއެވެ.

-          ހުށަހަޅާ ލެވެލްއެއްގެ ޝަރުތު ފުރިހަމަކުރުމުގެ ގޮތުން ބޭނުންވާ ލިޔެކިޔުންތައް މި އިޢުލާނާއެކު އަޕްލޯޑް ކުރެވިފައިވާ "އެންޓްރީ ކްރައިޓީރިއާ ފޮރ އެމް.އެން.ކިޔު.އެފް ކޮލިފިކޭޝަންސް" ގައިވާ ޝަރުތު ފުރިހަމަކުރުމަށް ހުށަހަޅަންޖެހޭ ތަކެތި.

-          އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ އެއްވެސް ލިޔުމެއްގެ އަސްލުގެ ދެފުށް ޗާޕްކޮށްފައިވާނަމަ، އަސްލާއެއްގޮތަށް ދެފުށުގެ ކޮޕީވެސް ހުށަހަޅަންވާނެއެވެ.

 

 

އިތުރު މަޢުލޫމާތު

 

-          މި އެހީގެ ދަށުން ދެވޭނީ ރާއްޖެއިން ބޭރަށްނަމަ 17 ކުދިންނަށް ކޮންމެ ކުއްޖަކަށް ގިނަވެގެން 100,000 (އެއްލައްކަ) ދިވެހި ރުފިޔާއެވެ. އަދި ރާއްޖޭގައި ނަމަ 36 ކުދިންނަށް ކޮންމެ ކުއްޖަކަށް ގިނަވެގެން 20,000 (ވިހި ހާސް) ދިވެހި ރުފިޔާއެވެ.

-          މި އެހީގެ ދަށުން ރާއްޖޭގައި ކިޔަވާ ދަރިވަރުންނަށް ދިނުމަށް ހަމަޖެހިފައިވަނީ ކޯސް ފީއެވެ. (މީގެ ތެރޭގައި އެ އިންސްޓިޓިއުޓަކަށް ދައްކަންޖެހޭ އެހެނިހެން ފީތައްވެސް ހިމެނޭނެއެވެ.)

-          މި އެހީ ދިނުމަށް ކަނޑައަޅާ ދަރިވަރުންގެ ކޯހުގެ ޓިއުޝަން ފީއަށްވާ ފައިސާ ދައްކާނީ، މަތީ ތަޢުލީމުދޭ މުއައްސަސާގެ އިންވޮއިސް، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް ލިބުމުން، އޭގައިވާ ގޮތުގެމަތިން ކިޔަވައިދޭ މުއައްސަސާއަށެވެ. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް އެ އިންވޮއިސް ލިބުނުކަން ކަށަވަރުކުރުމަކީ ދަރިވަރުގެ ޒިންމާއެކެވެ.

-          މި އިޢުލާނާއި ގުޅިގެން ކޯހަށް އެދޭ ކޮންމެ ދަރިވަރަކުވެސް ހުށަހަޅަންވާނީ އެންމެ އެޕްލިކޭޝަން ފޯމެކެވެ.

-          މި އެހީގެ ދަށުން ކޮންމެ ދަރިވަރަކަށްވެސް ދެވޭނީ އެއް ފުރުޞަތެވެ.

-          އެހީ އަށް އެދި ހުށަހަޅާ ދަރިވަރަށް އެހީ ދިނުމަށް ކަނޑައަޅައިފިނަމަ ހުށަހެޅި ލިޔެކިޔުންތަކުގެ އަސްލު ހުށަހަޅަން މި މިނިސްޓްރީން ފަހުން އަންގައިފިނަމަ، އެ ލިޔެކިޔުންތައް ވަގުތުން ހުށަހަޅަން ތައްޔާރުކޮށްފައި ބަހައްޓަންވާނެއެވެ.

-          ހުށަހަޅާ މަތީ ތަޢުލީމުގެ އެއްވެސް ސެޓްފިކެޓަކީ (ޕްރޮވިޝަނަލް ކަމުގައި ވިޔަސް) ރާއްޖެއިން ބޭރުގެ ސެޓްފިކެޓެއް ނަމަ، އޮންނަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވެލިޑޭޓްކޮށްފައެވެ.

 

 

-          އެހީ ލިބޭ ދަރިވަރުން ކޯސް ފުރިހަމަ ކުރުމަށްފަހު، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް ކޯސް ފުރިހަމަ ކުރެވިފައިވާކަން ލިޔުމުން އަންގަން ވާނެއެވެ. އަދި ހާސިލުކުރި ކޯހުގެ ސެޓްފިކެޓްގެ އެޓެސްޓްކޮށްފައިވާ އަސްލު ކޮޕީ ހުށަހަޅަންވާނެއެވެ.

 

 މި އެޕްލިކޭޝަން ހުށަހެޅުއްވުމުގެ ސުންގަޑިއަކީ 30 އޮގަސްޓް 2018 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިންނެވެ.

ނޯޓް: އެޕްލިކޭޝަން ހުށަހަޅަންޖެހޭނީ އިޢުލާނުގައި ބަޔާންކޮށްފައިވާ ތަކެތި ހަމަކުރުމަށްފަހު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު ސިޓީ އުރައެއްގައި ބަންދުކުރުމަށްފަހު ސިޓީ އުރައިގެ ބޭރުގައި ކޯހަށް އެދި ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރާއި ކިޔަވަން އެދޭ ކޯހާއި ދާއިރާ ލިޔުމަށްފަހު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ކައުންޓަރަށެވެ.

 

މި އެހީއަށް އެދޭ ފޯމް މި މިނިސްޓްރީގެ ކައުންޓަރުން ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރުފަހު 13:30 އަށް ލިބިވަޑައިގަންނަވާނެއެވެ. އަދި މީގެ އިތުރުން މި މިނިސްޓްރީގެ ވެބްސައިޓް www.islamicaffairs.gov.mv:  އިންވެސް ފޯމު ޑައުންލޯޑުކުރެވެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު މިނިސްޓްރީގެ ވެބްސައިޓުންނާއި، 3020294 ، 3020209 ނަންބަރު ފޯނުން ލިބިވަޑައިގަންނަވާނެއެވެ.

15 އޮގަސްޓް 2018
ހޯދާ